އޯލެވެލް އިން ބ. އަތޮޅު ތައުލީމީ މަރުކަޒު ހޯދި ކާމިޔާބާމެދު ހިތްހަމަޖެހޭ: ޕްރިންސިޕަލް

baefe.jpg

ބ. އަތޮޅު ތައުލީމި މަރުކަޒުން މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ހޯދި ކާމިޔާބާ މެދު ހިތްހަމަޖެހޭ ކަމަށް ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަފީއު ވިދާޅުވެއްޖެ އެވެ.

މިއަހަރު އޯލެވެލްހެދި 41 ދަރިވަރުންގެ ތެރެއިން 10 ދަރިވަރަކު ވަނީ އޭސްޓާ ހޯދައި 8 ދަރިވަރުން ވަނީ ގަދަ 10ގައި ހިމެނިފަ އެވެ.

ސްކޫލްގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ އަހަރުން އަހަރަށް އޯލެވެލް އާއި އޭލެވެލް ހަދާ ދަރިވަރުން ފާސްވަމުން އަންނަ ނިސްބަތް އިތުރުވުމަކީ ސްކޫލަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެގޮތުން މިއަހަރުގެ އޯލެވެލް އިމްތިހާނުން ހަމައެކަނި އިންގްލިޝް މާއްދާއިން 9 އޭ ޕްލަސް ލިބުމަކީ ރެކޯޑެއް ކަމަށާއި މިހާ ރަނގަޅު ނަތީޖާއެއް ހޯދުނީ ދަރިވަރުން ޓީޗަރުންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތުންް ކަމަށް އޭނާ ވިދާޅުވި އެވެ.

”މި ކާމިޔާބުގެ އެންމެ ބޮޑު ހިއްސާއެއް އޮތީ ޓީޗަރުންނާއި ބެލެނިވެރިން. އެބޭފުޅުންގެ ބުރަ މަސައްކަތާއި ހިތްވަރު. ” ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އެއްގެ މަގާމުގައި 18 އަހަރު ފުރިހަމަ ކުރައްވަމުން ގެންދަވާ ރަފީއު ވިދާޅުވި އެވެ.

ރަފީއު ވިދާޅުވީ ސްކޫލްގެ އޯލެވެލް އިމްތިހާނުން ދަރިވަރުން ރަނގަޅު ނަތީޖާއެއް ހޯދުމަކީ ހަމައެކަނި ސްކޫލް ދާން ބޭނުންވާ މިސްރާބު ނޫންކަމަށެވެ. އޭގެ އިތުރުން ސްކޫލް ނިމިގެން ނުކުންނަ ކޮންމެ ކުއްޖަކީވެސް ރަނގަޅު އަޚްލާގަކާއެކު ކާމިޔާބު ދިރިއުޅުމަކަށް ބޭނުންވާ ހުނަރާއި ފަންނުހުރި ކުއްޖަކަށް ހެދުމަކީ ސްކޫލްގެ އަމާޒު ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top