މަތީ ސާނަވީން ފަސް މާއްދާއިން އޭސްޓާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް ލިބުނު ހަ ދަރިވަރުންގެ ތެރޭގައި އޭދަފުއްޓަށް ނިސްބަތްވާ ދެ ދަރިވަރުން ހޮވިއްޖެ އެވެ. އެއީ އޭދަފުށީ މުލައްމަގޭ އަބްދުލް އަޒީޒް މޫސާގެ ކާފަ ދަރިއެއްް ކަމުގައިވާ އާމިނަތު ނޫހާ ނިމާލް އާއި އޭދަފުށީ ހިކިއުނިމާގޭ މުހައްމަދު ނަސީރުގެ ކާފަ ދަރިއެއް ކަމުގައިވާ މަރްޔަމް މަލްސާއެވެ. މި ދެކުދިންނަކީވެސް ސީއެޗްއެސްއީގެ ދެ ދަރިވަރުންނެވެ.
އާމިނަތު ނޫހާ ނިމާލް، 6 އޭ ސްޓަރސް ހޯދާފައިވާއިރު މަލްސާ ވަނީ 5 އޭ ސްޓަރސްހޯދާފައެވެ.
ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޖަލްސާގައި، މި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް، ގެ ލިއުން ހަވާލުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު އެވެ.

ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ލިބުނު ސީއެޗްއެސްއީގެ މަރިޔަމް މަލްސާ އަލީއަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ލިޔުން ހަވާލުކޮށްދެއްވަނީ: ފޮޓޯ: ރައީސް އޮފީސް
ހަ ދަރިވަރުންގެ ތެރޭގައި ސީއެޗްއެސްއީގެ ފަސް ދަރިވަރުންގެ އިތުރުން ދެން ހޮވިފައިވަނީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެކެވެ.
ރޭގެ ޖަލްސާގައި، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 79 ދަރިވަރުންނަށް ވެސް ވަނީ ލިއުން ހަވާލުކޮށްފައެވެ. އެ ދަރިވަރުންނަށް ލިޔުން ހަވާލުކޮށް ދެއްވީ ވަޒީރުންނެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕް ލިބެނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް 28 ދަރިވަރަކަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބިފައިވާ ކަމަށެވެ.
ނޫހާއާއި ނޫހާގެ ދައްތަ ނިޙްލާ އަކީވެސް އޯ ލެވެލް އިމްތިހާނުން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިވާ ދެބެއިންނެވެ. މި ދެ ކުދިން އޯލެވެލް ނިންމި އަހަރު ކަލާފާނު ސްކޫލްގެ ބެސްޓް އޯލްރައުންޑް ސްޓޫޑެންޓުގެ މަގާމުވެސް ހޯދާފައިވާކަމަށް ނޫހާގެ ކާފަ، އަބްދުލްއަޒީޒް މޫސާ މައުލޫމާތު ދެއްވި އެވެ.
ނިޙްލާ މިހާރު މެލޭޝިޔާގައި ޑޮކްޓަރުކަން ކިޔަވަނީ. ނޫހާ ވެސް ބޭނުންވަނީ އެ ރޮނގުން ކިޔަވަން.“އަޒީ ވިދާޅުވިއެވެ.
ނޫހާއާއި މަލްސާ އަކީ ގްރޭޑް އެކަކުން ފެށިގެން އެކީގައި އުޅެމުން އަންނަ ދެކުދިންނެވެ.