މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ 28 ވާ ބުރާސްފަތި ދުވަސް ބަންދުވާނޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26ވާ އަންގާރަ ދުވަހާއި ޖުލައި 27ވާ ބުދަ ދުވަހުގެ ބަންދާ އެކު ޖުމްލަ ހަތަރު ދުވަހުގެ ބަންދެއް ސަރުކާރު މުވައްޒަފުންނަށް ލިބޭނެ އެވެ.
މިނިވަން ދުވަހުގެ ބަންދު ދުވަސްތަކަށްފަހު ސަރުކާރު ދެން ހުޅުވާނީ ޖުލައި 31ވާ އާދިއްތަ ދުވަހު އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ފުޅަނދު ބުރު ހިމެނެ އެވެ. ނަމަވެސް އެ ފުޅަނދު ބުރު އޮންނާނެކަން ފިޔަވާ އިތުރު ތަފްސީލެއް ހޯމް މިނިސްޓްރީއަކުން ނުދެ އެވެ.