ބައިލައްކަ ރުފިޔާއިން ސެންޓޭ ޖޫރިމަނާ ކޮށްފި؟

big_ZMUdxPOkdL6LxLHkmxPXo54QM.jpg

ސެންޓޭ --ފޮޓޯ ؛އަވަސް

އޭދަފުއްޓަށް އުފަން، ރާއްޖޭގެ ގައުމީ ޓީމްގެ މަޝްހޫރު ކުޅުންތެރިޔާ، އަލީ ފާސިރު (ސެންޓޭ) ބައިލައްކަ ރުފިޔާއިން ޖުރިމަނާ ކުރުމަށް އެފްއޭއެމް އިން ނިންމައިފިއެވެ.

އެފްއޭއެމް އިން ސެންޓޭ ޖޫރިމަނާ ކުރުމަށް ނިންމީ، ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި ރާއްޖޭގެ ޓީމްގައި ހިމެނުމުން ޕްރެކްޓިސްގައި ބައިވެރިވެފައި ނުވާތީ އާއި ވިސާ ނެގުމަށް ސްރީލަންކާ އަށް ނުދާތީ ކަމަށް އެފް އޭއެމް އިން ހާމަ ކުރެ އެވެ. ސެންޓޭއާ އެކު ގައުމީ ޓީމްގެ އެހެން ކުޅުންތެރިއަކުވެސް ވަނީ މި ގޮތަށް އަމަލުކުރުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައެވެ.

އެފްއޭއެމް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި ގުއާމްގައި ކުޅެވުނު މެޗަށް ހޮވާފައިވާ ގައުމީ ޓީމްގައި ހިމެނުނު ސެންޓޭ އާއި ރިޒޭ ގައުމީ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ އާއި ގުއާމް މެޗަށް ވިސާގެ ކަންތައްތައް ކުރުމަށް ސްރީލަންކާއަށް ގައުމީ ޓީމާއި އެކު ދަތުރުކޮށްފައި ނުވާތީ މިމައްސަލަ އެފްއޭއެމް އިން ބެލުމަށް ފަހު ކޮންމެ ކުޅުންތެރިޔަކު 50000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިފައިސާ ނުދައްކަނީސް އެފްއޭއެމް އިން ހިންގާ އެއްވެސް މުބާރާތެއްގައި ދެކުޅުންތެރިންނަށް ބައިވެރި ނުވެވޭނެ ކަމަށް ވެސް އެފްއޭމްއެމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެފްއޭއެމް އިން އިތުރަށް ވިދާޅުވީ ގައުމީ ޓީމަށް މި ދެކުޅުންތެރިން ނެގުމުން އެކަށީގެންވާ އުޒުރެއްނެތި ގައުމީ ޓީމްގެ ފަރިތަކުރުން ތަކުގައި ބައިވެރިނުވުމަކީ އެފްއޭއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ގުއާމްގައި ރާއްޖެ ކުޅުނު ވޯލްޑްކަޕް ކޮލިފައިންގެ މެޗަށް ވިސާ ނުލިބިގެން ވެސް ދެ ކުޅުންތެރިޔަކު ނުދެއެވެ. ނަމަވެސް ރާއްޖެ އިން ވަނީ ގުއާމް މެޗް ކާމިޔާބުކޮށް ވޯލްޑްކަޕް ކޮލިފައިންގެ ފެށުން ރަނގަޅު ކޮށްފައެވެ

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު