ކިހާދޫގައި އީދުނަމާދު ބޯޅަދަނޑުގައި

14354930_10153725340847007_8720023145925188785_n.jpg

ބ. މާޅޮހުގައި މިދިޔަ އަހަރު ފިތުރު އީދަށް މައިދާން ތައްޔާޜުކުރުމުގެ ތެރެއިން. މިއަހަރު ކިހާދޫގައި ފިތުރު އީދު ނަމާދު ކުރަން ނިންމާފައިވަނީ ބޯޅަ ދަނޑުގައި / ފޮޓޯ: މާޅޮހު ކައުްންސިލް

މިއަހަރުގެ ފިތުރު އީދު ނަމާދުވެސް ބ. ކިހާދޫ ފުޓްބޯޅަ ދަނޑުގައި ކުރާގޮތަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކިހާދޫގައި މިދިޔަ ހަތަރުއަހަރުވެސް ފިތުރު އީދު ނަމާދު ކޮށްފައިވަނީ އެރަށު ބޯޅަ ދަނޑުގައެވެ. ކިހާދޫ ކައުންސިލުން ބުނީ މިއަހަރުވެސް ފިތުރު އީދު ނަމާދު ބޯޅަ ދަނޑުގައި ކުރަން ނިންމީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިސްކިތުގެ ޖާގައިގެ ދަތިކަން ބޮޑުވެގެންކަމަށެވެ. ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ ބޯޅަދަނޑުގައި މިނަމާދުކުރުމަށް ނިންމި ސަބަބުތަކުގެތެރޭގައި މިފަދަ ނަމާދުތައް ބޮޑު މައިދާނެއްގައި ކުރުން އެއީ މޮޅު އިތުރު ގޮތްކަމަށް އިލްމުވެރިން ވިދާޅުވާ ވިދާޅުވުންވެސް ހިމެނޭ ކަމަށެވެ.

“މިހާރު ހަތަރުވަރަކަށް އަހަރު މިގޮތަށް ކުރެވިއްޖެ. ދެން މޮޅު އިތުރު ގޮތަކީވެސް ބޮޑު މައިދާނެއްގައި ކުރުންކަމަށް އިލްމުވެރިން ބުނުއްވާފަ އޮންނަނީ. އޮގޮތަށްވެސް ބަލާފަ މިހެން މިގެންދަނީ ކުރިޔަށް”

ނަސީމް ވިދާޅުވީ ބޯޅަ ދަނޑުގައި ނަމާދުކުރެވޭގޮތަށް އެސަރަހައްދުގައި ސަތަރި އަޅައި އެހެނިހެން އިންތިޒާމްތައްވެސް ކައުންސިލުން ހަމަޖައްސާނެކަމަށެވެ.

ބ. ކިހާދޫގެ އިތުރުން ބ. މާޅޮހުގައިވެސް މިދިޔަ އަހަރު އެރަށުގެ ބޮޑު މައިދާނެއްގައި ފިތުރު އީދު ނަމާދުކޮށްފައިވެއެވެ. ނަމަވެސް މިއަހަރު އެރަށުގައި ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މިސްކިތުގައި ކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top