ފިތު ޒަކާތުގެ ގޮތުގައި ކޮންމެ ފަގީރަކަށް ހަތްހާހަށްވުރެ ގިނަ ރުފިޔާ

DSCN3335.jpg

އޭދަފުށި-އީވީ ފައިލް ފޮޓޯ

އޭދަފުށީގައި މިއަހަރު ޒަކާތް ހައްގުވާ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވަނީ ނުވަ މީހުން ކަމަށް ވާތީ މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި އެއިން ކޮންމެ މީހަކަށް ހަތްހާހަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ އޭދަފުށިން މިއަދާ ހަމައަށް މި ރޯދަމަހު ފިތުރުޒަކާތް ދައްކާފައިވަނީ 2959 މީހުން ކަމަށާއި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 66،461ރ. ކަމުގައެވެ.  އެހެންކަމުން ޒަކާތުގެ ފައިސާ އެ ނުވަ މީހުންގެ މެދުގައި ބަހާލުމުން ބޮލަކަށް މިއަހަރު ލިބޭނީ 7384.56ރ. އެވެ.

ކައުންސިލުން ބުނީ ފިތުރު ޒަކާތް ބަހަން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެރޭ 9:30 އިން ފެށިގެން ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top