ރޯދަ ހަދިޔާއެއްގެ ގޮތުގައި ކަމަދޫގެ ގެތަކުގެ ކަރަންޓުބިލް ދައްކައިދެނީ

21106_390645064384479_962902979_n.jpg

ޔޫތު އެސޯސިއޭޝަން އޮފް ކަމަދު އިނިޝިއޭޓީވްސް ގެ ފަރާތުން ކަމަދޫގައި ހަދާފައިވާ ކުދަކުދިންގެ ޕާކް - ފޮޓޯ :ފޭސްބުކް ޕޭޖް

ބ.ކަމަދޫގައި އުފައްދާފައިވާ ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނިޝިއޭޓިވްސް ޖަމިއްޔާގެ ފަރާތުން  ރޯދަ ހަދިޔާއެއްގެ ގޮތުގައި މިހިނގާ ޖޫން މަހުގެ ކަރަންޓް ބިލް ދައްކައިދިނުމަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެ ޖަމިއްޔާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބ.ކަމަދޫގެ ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުން ގޭބިސީތަކުގެ ޖޫންމަހުގެ ކަރަންޓުބިލް ދައްކައިދެ ގޮތަށް ނިންމާފައިވާ ކަމަށާއި މީގެ ތެރޭގައި ކުލި ދައްކައިގެން ދިރިއުޅޭ ފަރާތްތަކުން އެފަރާތުން (ކުލި ދައްކާފަރާތް ) ކަރަންޓުބިލް ދައްކާފަރާތްތަކާއި ވިޔަފާރި އުސޫލުން މަސައްކަތްކުރާ ތަންތަނާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ސަރުކާރު އިމާރާތްތައް ނުހިމެނޭނެ ކަމުގައެވެ.

ޖަމިއްޔާއިން އެދިފައިވަނީ 6 ޖުލައި 2017 ދުވަހުގެ ރޭ 9:30 ގެ ކުރިން ކަރަންޓު ބިލްތައް އެތަނާ ހަވާލު ކޮށްދެއްވުމަށެވެ.

ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫއިނިޝިއޭޓިވްސް އަަކީ ކަމަދޫގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން އެޖަމިއްޔާގެ ފަރާތުން ކަމަދޫގައި ހަދާފައިވާ ކުޑަކުދިންގެ ޕާކަކީ ފާހަގަ ކުރެވޭ ޚިދުމަތަކަށް ވާއިރު ޒުވާނުންގެ އެކުވެރިކަމާއި ކުރިއެރުވުމަށް ތަފާތު މުބާރާތްތަކާއި މަސައްކަތްތައް މިހާރުވެސް ގެންދަނީ ހިންގަމުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top