ލިވަޕޫލާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަމަށް ރޮނާލްޑޯ ބުނެފި

1257182550824_f.jpg

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑް ވާދަކުރާ ގްރޫޕްގައި އޮތް އިންގްލެންޑްގެ ލިވަޕޫލާއި ދެކޮޅަށް ކުޅެން އުނދަގޫވާނެކަމަށް މިދިޔަ ސީޒަންގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

” ލިވަޕޫލަކީ ވަރުގަދަ ޓީމެއް. މިދިޔަ ސީޒަންގައި އެމީހުންނަށް ލީގު ނުލިބިދިޔައީ ހަމަކިރިޔާ. އަހަރެމެންނަށް އެނގޭ ލިވަޕޫލް ދަނޑަށް ގޮސް އެޓީމާއި ދެކޮޅަށް ކުޅެން އުނދަގޫވާނެކަން. އެކަމަކު ރިއަލް ތަށި ދިފާއުކުރަން ނިކުންނައިރު ގްރޫޕް ސްޓޭޖުގައި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅުމުން ރިއަލް އަށް ފައިދާކުރާނެ.” ރޮނާލްޑޯ ބުންޏެެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހަށް ބަލާއިރު ރިއަލް މެޑްރިޑް އާއި ލިވަޕޫލް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު ރިއަލް އަށް ލިވަޕޫލް ކައިރިން މޮޅުވެވިފައެއް ނުވެެއެވެ. މިދެ ޓީމުު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި 2009 ވަނަ އަހަރު ބައްދަލުކުރި މެޗުން ރިއަލް ދަނޑުގައި ލިވަޕޫލް 1-0 ން މޮޅުވިއިރު ލިވަޕޫލް ދަނޑުގައި ރިއަލް އާއި ބައްދަލުކޮށް އެޓީމު މޮޅުވީ 4-0 ން ނެވެ.

ލިވަޕޫލާއި ރިއަލް މެޑްރިޑްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި އޮތީ މި މުބާރާތުގައި އަލަށް ވާދަކުރާ ބަލްގޭރިއާގެ ލުޑޮގޮރެޓްސްގެ އިތުރުން ސްވިޓްޒލެންޑްގެ ބާސެލް އެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުތަކުގައި ރިއަލް ނިކުންނާނީ ބާސެލް އާއި ދެކޮޅަށެވެ. ލިވަޕޫލް ކުޅޭނީ ލުޑޮގޮރެޓްސް އާއި ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top