ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް ޔާމީން އުމުރަށް ވެރިކަމުގައި ބަހައްޓަންޖެހޭ – ސަލީމް

saleem_news.jpg

ދިވެހިރާއްޖޭގެ ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އުމުރުދުވަހު ވެރިކަމުގައި ބެހެއްޓުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކަމެއްކަމަށް އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ޔާމީން އަޅުއްވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަމަށާ. ހަމައެކަނި ޑޮލަރުގެ އަގަށް ބެލި ނަމަވެސް އެކަން ސާފުވާނެކަމަށެވެ. އަދި ރާއްޖޭން ތެޔޮހޯދުމާ އެސްއީޒެޑް ބިލަށް ބެލިނަމަވެސް ޔާމީން ރާއްޖޭގެ ވެރިކަމުގައި އުމުރަށް ބަހައްޓަން އަޅުގަނޑުމެންނަށް ލާޒިމްވާކަމަށް ސަލީމް ވިދާޅުވިއެވެ.

“އަޅުގަނޑަށް ހަމަރަނގަޅަށް އެނގޭތީ މިދަންނަވަނީ. އަޅުގަނޑު އެމަނިކުފާނާއެކީގައި ވަރަށްގިނަދުވަހު މަސައްކަތްކުރިން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް އެމަނިކުފާނު މިރާއްޖޭގެ ވެރިކަމުގައި އުމުރަށް ބެހެއްޓޭނެގޮތެއް ހެދުމަކީ އަޅުގަނޑުމެން ރައްޔިތުންގެ މައްޗަށް އޮތް ހަމަ ވާޖިބެއްކަހަލަ ކަމެކޭ” ސަލީ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކު މަލާމާތްކޮށް ދިމާކުރިނަމަވެސް ރާއްޖޭގެ ކަނޑުއަޑިން ތެޔޮފެނުމަކީ ވެދާނެކަމެއްކަމަށާ، އަކަމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

އެސްއީޒެޑް ބިލް ނިންމުމަށްފަހު އެބިލް ރައީސަށް އެރުވުމަށް ޕީޕީއެމުން ބޭއްވި މިޖަލްސާގައި މަޖިލިސް ގިނަމެމްބަރުންނާ، ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top