ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް މިއީ ރަނގަޅު ފުރުސަތެއް

22221849_1409802942409000_7066251456691060721_n.jpg

ވިލާކޮލެޖް ހޯލް - ފޮޓޯ : ވިލާކޮލެޖް ފޭސްބުކް

ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް މިއީ ރަނުގެ ފުރުސަތެކެވެ. ވިލާ ކޮލެޖާއި ރޯޔަލް އައިލެންޑް ރިސޯޓް ގުޅިގެން އެއްވެސް ފީއަކާ ނުލާ ކޯހެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޝައުގުވެރިވާ ޒުވާނުންނަށް ކޯހާ ބެހޭ މައުލޫމާތު ދެމުން ރޯޔަލް އައިލެންޑުން ބުނީ އެ ރިސޯޓުން ހިންގާ އެޕްރެންޓެންޝިޕް ޕްރޮގްރާމުގެ ދަށުން، ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ ކޯސް ހިލޭހެދުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމުގައެވެ.

ރޯޔަލް ރިސޯޓުން އިންޓާންޝިޕް ހިންގަނީ އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ.

މި ކޯހާބެހޭ މައުލޫމާތު ދިނުމުގެ ގޮތުން އޭދަފުއްޓާއި ނައިފަރާއި ހިންނަވަރު އަދި ކުޅުދުއްފުށީގައި އޯޕަން ޑޭއެއް އަވަސް ތާރީޚެއްގައި ބާއްވާނެ އެވެ. އެއަށްފަހު ކޯހަށް ހޮވޭ ދަރިވަރުން އަންނަ ނޮވެމްބަރުމަހު އެ ރިސޯޓަށް ގެންގޮސް އަމަލީ ތަމްރީނު ދިނުމުގެ އިތުރުން  އެކަޓެމިކް ލެކްޗާސް ދެވޭނެ ކަމަށް އެ ރިސޯޓުން ބުނެއެވެ.

ކޯހުގެ އިތުރު މައުލޫމާތު ދެމުން ރޯޔަލް އައިލެންޑުން ބުނީ މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ފުޑް އެންޑް ބެވަރެޖް، ހައުސްކީޕިން، ފްރޮންޓް އޮފީސްގެ ދާއިރާއިން ތަމްރީނު ދޭނެ އެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ވިލާ ކޮލެޖުން ހޮސްޕިޓާލިޓީ އޮން އޮޕަރޭޝަންގެ ލެވެލް 3 ގެ ސެޓްފިކެޓަކާއި ރޯޔަލް އައިލެންޑް ރިސޯޓުން ހާއްސަ ސެޓްފިކެޓެއް ދޭނެ އެވެ. މިއީ ޓޫރިޒަމްގެ ދާއިރާ އިން ކުރިއަށް ދިއުމަން ބޭނުންވާ ކުދިންނަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށް  ކަމާއި ފުރުސަތުގެ ބޭނުން ހިފުމަށް އެރިސޯޓުން އެދެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top