ޕްރިންސިޕަލުންގެ އުސޫލުތަކަށް އަމަލުކުރުން މަޑުޖައްސާލައިފި.

239718_3_5146f9e3bc3b26fe1c42de902743d8bbf06722b1_medium.jpg

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާއި އެމިނިސްޓްރީގެ ޕީއެސް.އަހުމަދު --ފޮޓޯ :އެޑިއުކޭޝަން

ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލު ތަންފީޒުކުރުން މަޑުޖައްސާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ “މިހާރު” އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އާއްމުކޮށް ތަންފީޒުކުރަން ފެށި އުސޫލުގައި ބަދަލު ގެންނަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށާއި އެ ބަދަލުތައް ގެނައުމަށްޓަކައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މަޝްވަރާއާއެކު އެ އުސޫލަށް އަމަލުކުރުން މަޑުޖައްސާލީ ކަމަށެވެ.

އޭނާ ވިދާޅުވީ އުސޫލުގެ ދަށުން ހަދަންޖެހޭ ގަވައިދު ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ ގަވައިދު ނިމުމުން އެއާ އެއްގޮތަށް ކަންކަން ހިނގަން ފަށާނެ ކަމަށް ވިދާޅުވި އެވެ. ޕްރިންސިޕަލުންނަށް ފޮނުވި ސިޓީއެއްގައި ޕީއެސް ވިދާޅުވީ ގަވައިދު ހަދާއިރު ސީއެސްސީ އަދި ޕްރިންސިޕަލުންނާ ވެސް ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރިންސިޕަލުންގެ ވަޒީފާ އާއި ބެހޭ އުސޫލުގައި ބުނެފައިވަނީ ޕްރިންސިޕަލުންގެ ވަޒީފާ އާ ބެހޭ އުސޫލެއް ކަނޑައެޅީ ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ ގަބިލު، އެކަށީގެންވާ ޕްރިންސިޕަލުން އައްޔަނު ކުރުމަށާއި ދިގު މުއްދަތަކަށް އެސް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދައި، އާ ހިޔާލުތަކާ ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.

ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ވާއިރު، ޕްރިންސިޕަލުން ހޯދުމަށް އިއުލާނު ކުރަނީ ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާނު ކުރާ އުސޫލުންނެވެ.

ސިވިލް ސާވިސްގެ އުސޫލުގައި ބުނާގޮތުން ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރަތެއް ކަނޑައާޅާނީ ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވާ އުސޫލަށް ބަލައިގެންނެވެ. އަދި މި މަގަމަކީ ދާއިމީ ގިންތީގައި ހިމެނޭ މަގާމަކަށް ވާތީ، ޕްރިންސިޕަލުންގެ ގޮތުގައި ހޮވާ ފަރާތްތަކާމެދު އަމަލު ކުރާނީ ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލުން ކަމަށް ބުނެފައިވެ އެވެ.

އެ އުސޫލުގައި ބުނާގޮތުން ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަހަރެވެ. އަދި ވިދިވިދިގެން އެންމެ ގިނަވެގެން ޕްރިންސިޕަލް ކަން އެއް ސްކޫލެއްގަިއ ކުރެވޭނީ އަށް އަހަރު ވަންދެން ކަމަށް ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top