ޓީޗިންއަށް ޝައުގުވެރިވާ ކުދިން ހޯދަން ސްކޫލްތަކަށް

460623497_917410907088995_3983742902492575356_n.jpg

ޓީޗަރުންނަށް ވުމުގެ ޝައުގުވެރިކަން ހުރި ކުދިން ހޯދުމުގެ މަސައްކަތް ތައުލީމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހުގެ ތެރޭގައި ފަށަން ނިންމާފައިވުމާއެކު މިކަމާބެހޭ މައުލޫމާތު އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންނަށް މިހާރުވަނީ ދޭން ފަށާފަ އެވެ.

މީގެ ފުރަތަމަ ސެޝަން އިއްޔެ ކުރިއަށް ގެންދިޔައީ މާލެ އާއި ހުޅުމާލޭގައި ހިންގަމުން އަންނަ ސީއެޗްއެސްއީގެ ދަރިވަރުންނަށެވެ.

މި ސެޝަންތައް އޭ ލެވެލް އަށް ކިޔަވައިދޭ އިތުރު ސްކޫލުތަކުގައި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ ޓީޗަރުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ކުރިއަށް ގެންދާނީ އޭ ލެވެލް މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، ޓީޗިން ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަމްރީނު ވެފައިވާ، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުން ތަކެއް ބިނާކުރުމުގެ މަގުސަދުގައި ކަމަށެވެ.

މި ފަހަރު ގްރޭޑް 11 އަށް ވަންނަ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާ ބޭނުންވާ ކުދިންނަށް ސްޓައިޕެންޑެއް ދޭން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ދަރިވަރަކަށް ދޭން ހަމަޖެހިފައިވަނީ 1500ރ.އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top