ފުޓުބޯޅައިގެ ފޯރި ދިރުވުމުގެ ގޮތުން މުޅި ރާއްޖެ ހިމެނޭ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ނައިންޓީ ޕްލަސްއާއި ސްޕޯސްޓް މިނިސްޓްރީ ގުޅިގެން, ގޯލްޑް ކަޕް ނަމުގައި ބާއްވާ މި މުބާރާތް ބާއްވާ ވަކި ތާރީހެއް އަދި ފައިނަލް ނުވެ އެވެ. ނަމަވެސް އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު މި މުބާރާތް ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލެވޭއިރު، މުބާރާތުގައި 24 ޓީމަށް ބައިވެރިިކުރާނެއެވެ. އެގޮތުން، ރާއްޖޭގެ ފަސް ސިޓީން ޓީމުތަކަށާ، ފުޓުބޯޅައިގެ ފޯރިގަދަ ރަށްރަށުގެ އިތުރުން އެހެން ރަށްރަށަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ އެވެ.
މުބާރާތުގެ މެޗުތައް ކުޅޭނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފައިވާއިރު، ރަނަރަޕް ޓީމަކަަށް ދޭން ނިންމާފައިވަނީ ބައިލައްކަ ރުފިޔާ އެވެ.