މަޖިލީހަށް ހޮވަން އެންމެގާބިލް ކެންޑިޑޭޓަކީ ސަލީމް – އަހްމަދު ނަޒީރު

ރޭގެ ޖަލްސާގައި ނާއިބް ރައީސްގެ އަރިހުގައި އަހްމަދު ނަޒީރު. އެންމެ ޤާބިލް ކެންޑިޑޭޓަކީ ސަލީމް ކަމަށް ވިދާޅުވި

ރޭގެ ޖަލްސާގައި ނާއިބް ރައީސްގެ އަރިހުގައި އަހްމަދު ނަޒީރު. އެންމެ ޤާބިލް ކެންޑިޑޭޓަކީ ސަލީމް ކަމަށް ވިދާޅުވި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިވަގުތު ހޮވަން އެންމެ ގާބިލް ކެންޑިޑޭޓަކީ މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް) ކަމަށް ބ. އޭދަފުއްޓަށް އުފަން މަހުޖަނު ޗާންދަނީ އަހްމަދު ނަޒީރު ވިދާޅުވެއްޖެ އެވެ.
ސަލީމްގެ ކެމްޕޭން ލޯންޗު ކުރުމަށް ރޭ އޭދަފުށީ މަލްޓީޕާޕަސް ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ އޭދަފުށީ ދާއިރާގެ ގޮނޑިއަށް ސަލީމު ހޮވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެމަނިކުފާނުވެސް ކުރައްވާނެ ކަމަށެވެ.
“ސަލީމަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން އަޅުގަނޑު މިތަނަށް އައިސް މި ހުއްޓުނީ، އަޅުގަނޑު ދެކޭ ގޮތުގައި ސަލީމަކީ މިވަގުތު އަޅުގަނުމެން ހޮވަން އެންމެ ގާބިލް ކެންޑިޑޭޓް، ސަބަބަކީ އަޅުގަނޑު ވަރަށް ގާތުން ސަލީމުގެ ކަންތައް ބަލަމުން އަންނަނީ. މިރަށަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފަ އޮތް މަޝްރޫއަކީ ބިއް ހިއްކުން. ބިން ހިއްކުންމުގެ މަޝްރޫގައި އެގްރީމެންޓްގައި ސޮއިކޮށް ނިމުމު އިރު ސަލީމު ވަރަށް ބޮޑު ދައުރެއް އަދާކޮފައިވަނީ،” ރޭގެ ޖަލްސާގައި ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށާ، އެކަން ސަލީމަށްވެސް ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑު ނަޒީރު ފަންޑު ކޮށްދީގެ ހަދައިދޭގޮތަށް ނިންމާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
“އިރާދުކުރެއްވިޔާ ތިޔަ ބޭފުޅުން ސަލީމު ހޮއްވަވައި ދެއްވައިފިއްޔާ އަޅުގަނޑު އެ ދަނޑު އެންމެ ރަނގަޅު ފެންވަރަކަށް ހަދައިދޭނަން. އަޅުގަނޑު އުއްމީދު ކުރަނީ އެ މަސައްކަތުގެ މަޝްރުއުވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް” ނަޒީރު ވިދާޅުވި އެވެ.
ސަލީމުހެ ކެމްޕޭން ރަސްމީކޮށް ރޭ ލޯންޗު ކޮށްދެއްވީ ނައިބްރައީސް ޑރ. މުހައްމަދު ޖަމީލުގެ އާއި އެންވައިރަމްނަޓް މިނިސްޓަރު އިބްރާހިމް ތޯރިގު އަދި އަހްމަދު ނަޒީރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top