ސަލީމް ކެންޕޭނަށް ނާއިބުރައީސްއާއި، 2 މިނިސްޓަރުން އޭދަފުއްޓަށް

641320757.jpg

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ އަދި މިހާރުވެސް އެ ގޮނޑީ ފުރުއްވަމުން ގެންދަވާ އޭދަފުށީ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ކެމްޕޭން ލޯންޗްކުރުމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދާއި، ދެމިނިސްޓަރަކު މިރޭ އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސަލީމް ކެމްޕޭން ޓީމުން ބުނި ގޮތުގައި މިބޭފުޅުން އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. ނައިބު ރައީސްގެ އަރިހުގައި ވަޑައިގަންނަވާ 2 މިނިސްޓަރުންނަކީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަމީން ކަމަށް ސަލީމު ކެމްޕޭން ޓީމުން ބުންޏެވެ.

ސަލީމުގެ ކެޕްމޭން ރަސްމީކޮށް ލޯންޗުކުރުމަށް މިރޭ ބާއްވާ ޖަލްސާގައި އޭދަފުއްޓަށް އުފަން މަހުޖަނު، ޗާނދަނީގޭ އަހްމަދު ނަޒީރުވެސް ބައިވެރި ވަޑައިގަތުމަށް މިއަދު ހަވީރުވަނީ މިރަށަށް ވަޑައިގެންފަ އެވެ.

ސަލީމް ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މިރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top