ސަހަރާ ފާރުގައި ކެންޑިޑޭޓުންގެ ޕޯސްޓަރު ހިއްޕިފަރާތްތަކާމެދު ކައުންސިލުން ފިޔަވަޅުއަޅަނީ

އޭދަފުށީ ސަހަރާ ފާރުގައި ހިއްޕާފައިވާ ޕޯސްޓަރުތަކެއް ކައިރިން މިއަދު ބަޔަކު ދަނީ / ފޮޓޯ: ނިއަމި

އޭދަފުށީ ސަހަރާ ފާރުގައި ހިއްޕާފައިވާ ޕޯސްޓަރުތަކެއް ކައިރިން މިއަދު ބަޔަކު ދަނީ / ފޮޓޯ: ނިއަމި

އޭދަފުށީ ސަހަރާފާރުގައި ބުރާސްފަތިދުވަހުގެރޭ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކެއް ހިއްޕާފައިވަނީ ގަވާއިދާ ހިލާފަށްކަމަށާ، އެކަންކުރި ބަޔަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ރޭ އީވީއަށް ވިދާޅުވީ އެއްވެސް ކެނޑިޑޭޓަކަށްވިޔަސް އަދި އެހެންފަރާތަކަށްވިޔަސް ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްވެސް ތަނެއްގައި ޕޯސްޓަރު، ނިޝާން، ސްޓިކަރ ފަދަތަކެތި ކައުންސިލްގެ ހުއްދަނުހޯދައި ނުހިއްޕޭނެކަމަށެވެ. އަދިމީގެކުރިންވެސް މިކަން ތަކުރާރުކޮށް އެކިފަރާތްތަކަށް އެންގިފައިވާކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން މިދަނީ ވަރަށްކައިރިން ބަލަމުން އެކަން ހިނގާފައިވާގޮތެއް. އަދި އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ވަރަށް އަވަހަށް އަޅައި، ޕޯސްޓަރުތައް ނައްޓާލަން އަންގާނަން. ނޫންނަމަ ކޯޓަށް މައްސަލަ ހުށައަޅައިގެންވެސް މިކަން ހުއްޓުވާނަން” އީވީއަށް އަލީ ވަހީދު ވިދާޅުވިއެވެ.

އީވީއަށް އެނގިފައިވާގޮތުގައި އަލީވަހީދު އެއިޝާރާތްކުރައްވަނީ އޭދަފުށީ ދާއިރާގެ މަޖިލިސް ކެންޕޭން ކުރައްވަމުންގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް ހިސާންގެ ޕޯސްޓަރުތަކަށެވެ. އޭނާގެ ޕޯސްޓަރުތަކެއް ސަހަރާ ފާރުގެ ހަތްސަރަހައްދެއްގައި ހިއްޕާފައިވާކަން ހުކުރުދުވަހު ފާހަގަކުރެވުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top