އަނެއްކާވެސް ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

img_lg_202003060158511583485131.0394.jpg

ކޮވިޑް-19 އަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭއްވި ޑްރިލް / ފައިލް ފޮޓޯ: ހަސަން އަތޫފް . ދަ ޕްރެސް

ފިލިޕިންސް އިން އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިކަން ޔަގީން ކޮށްދެމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެމީހާ ހުރީ އެ ގައުމުން އައި ދުވަހުން ފެށިގެން އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ކަމަށެވެ.

އެމީހާ ބައްޔަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ ކަމެއް ނުވަތަ ކަރަންޓީންގެ މުއްދަތު ހަމަވެގެން ދޫކޮށްލުމުގެ ކުރިން ޓެސްޓު ކުރީ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލިޕިންސް ގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން 61 ދަރިވަރަކު ވަނީ މާޗު މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެނެސްފަ އެވެ.

އެމީހުން ރާއްޖެ ގެނައީ ވޮލެންޓިއަރުންގެ ގޮތުގައި އެޗްޕީއޭއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާތީ ސަރުކާރު ހަރަދުގައެވެ. އެކަމަކު މިއަދު ޕޮސިޓިވް ވި މީހާއަކީ އޭގެ ތެރޭގައި ހިމެނޭ މީހެއްކަން އަދި ނޭނގެ އެވެ.

މިއީ މި ބައްޔަށް ޕޮޒިޓިވްވި 5 ވަނަ ދިވެހި މީހާ އެވެ. މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، އިނގިރޭސި ވިލާތުން ރާއްޖެ އައުމުން ކަރަންޓީނުކޮށްފައި ތިބި ހަތަރު ދިވެއްސެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top