ސްކޭމް މެސެޖްތަކަށް ސަމާލުވާން އެދިއްޖެ

F9027E9F-20EC-4969-BCF6-2278ADFB09D7.jpg

ދައުލަތުގެ އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ، ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށާއި އެ މެސެޖު ތަކުގައިވާ އެއްވެސް ލިންކަކަށް ނުވަނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ސްކޭމް މެސެޖްތަކުގައި އެފަދަ ލިންކްތައް ހިމަނާފައި ހުންނަނީ އެ ލިންކްތައް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތުތައް ހޯދުމަށެވެ. އެ މައުލޫމާތުތައް ހޯދަނީ އިންޓަނެޓް ބޭންކިން ފަދަ ފައިސާއާ ގުޅުންހުރި މުއާމަލާތްތައް ވަގަށް ބޭނުން ކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top