ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުން އަވަސްކުރަން ފިނޭންސް އިން އެދެފި

b_LQgjDtYv95Z1CnBWHg5FcNo8u.jpeg

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަން މަންޓް އެންޑް ކްލައިމެޓްޗޭންޖު ކޮމިޓީގެ ބައްދަލުވުމުގެ ތެރެެއިން---ފޮޓޯ: މަޖިލިސް

ވިޔަފާރިކުރުމުން ފިހާރަތަކުން ދޭ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނެގުމަށް، ކުނި މެނޭޖުކުރުމުގެ ބިލުގައި ކަނޑައަޅާފައިވާ މުއްދަތު އަވަސްކޮށް ބިލަށް އިސްލާހު ގެނައުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން އެކަމަށް އެދިފައި ވަނީ، އެ ބިލު ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް ބިލަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭ ގޮތުން ކުރި މަޝްވަރާގައެވެ.

ކޮމިިޓީގެ ބައްދަލުވުުގައި ބައިވެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ޝަރުވަޝް ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން ފީ (ލެވީ) ނެގުމަށް ބިލުގައި ހިމަނާފައި ވަނީ، އެކަމަށްޓަކައި ހަދާ ގަވާއިދަށްވުރެ ކުރިން ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ގަވާދު ހެދުމަށް ބިލުގައި ހަ މަސް ދުވަސް ކަނޑައަޅާފައިވާއިރު، ބިލު ގާނޫނަކަށްވާތާ 30 ދުވަހުގެ ތެރޭގައި ލެވީ ނަގަންޖެހޭނެ ކަމަށް ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ތާރީހު އެލައިންކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ތާރީހު އެލައިން ކުރުމުގައި ލެވީ ނެގުން ފަސްކުރުމުގެ ބަދަލުގައި އެ ނެގުން އަވަސްކުރަން ހިމަނަން ފެނިވަޑައިގަންނަވާ ކަމަށާއި އެއީ އެކަމަށް ބޭނުންވާ ގަވާއިދު 30 ދުވަހުގެ ތެރޭގައިވެސް ހެދޭނެ ކަމަށް މީރާއިން ބުނެފައިވާތީ ކަމަށް ވިދާޅުވިއެވެ.

ބިލުގައިވާ ގޮތުން ފިހާރަތަކުން ކަސްޓަމަރަށް ދޭ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ލެވީގެ ވަރު ހިމަނަން ޖެހޭނެއެވެ. އަދި ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ ކޮންމެ ވިޔަފާރިއަކުން ވެސް މީރާ އަށް ވެސް ދައްކަން ޖެހޭނެ ކަމަށް ވަނީ ބިލުގައި ހިމަނާފައެވެ.

ޕްލާސްޓިކް ކޮތަޅުން ލެވީ ނުނަގައި ވިޔަފާރި ހަރަކާތްތަކުން ކަސްޓަމަރުންނަށް ކޮތަޅު ހިލޭ ދޭ ނަމަ 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.  ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރު ކުރުމަށް ގާނޫނަށް އަމަލު ކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top