މަޖިލިސް އިންތިޚާބު 2019ގެ މާޗުގައި

މަޖިލިސް.jpg

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗް މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ ފަހުކޮޅު ބާއްވަން ތައްޔާރު ވަމުންދާ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި މާލޭގެ ބައެއް ދާއިރާތަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި  ދާއިރާތަކަށް އަންނަ ބަދަލުތައް ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނު ކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

މަޖިލީހަށް އިތުރުވާ ގޮނޑިތަކާ ގުޅޭ ގޮތުން އަކުރަމް ވިދާޅުވީ އެއްްވެސް އަތޮޅަކަށް ދާއިރާއެއް އިތުރު ނުވާނެ ކަމަށާއި އެހެން ނަމަވެސް މާލެ އަށް ދެގޮނޑި އިތުރުވާނެ ކަމަށެވެ.

“އަތޮޅު ތަކަށް ގޮނޑިއެއް އިތުރެއް ނުވާނެ. އެކަމަކު މާލެ އަށް ދެގޮނޑި އިތުރުވާނެ. އަތޮޅު ތަކުގައި ދާއިރާތައް ބެހިފައިވާ ގޮތަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައިސްފާނެ.” އަކްރަމް ވިދާޅުވި އެވެ.

އިދާރީ ދާާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ އެ އަދަދަށް މީހުން ހަމަނުވާ ދާއިރާއަކަށް ދެ މެންބަރުން ކަނޑައަޅަން ޖެހެ އެވެ. އަދި ދާއިރާގައި ރަޖިސްޓާކޮށްފައިވާ އާބާދީ 5000 އަށް ވުރެ އިތުރު ވާނަމަ އިތުރުވާ ކޮންމެ 5000 އަކަށް މެންބަރަކު ކަނޑައަޅަން ޖެހެ އެވެ.

ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ މެދުގައި އިންތިޚާބީ ދާއިރާ އޮންނަނީ ތިން ބަޔަކަށް ބަހާލެވިފައެވެ. އެއީ ކެންދޫ ދާއިރާ އާއި އޭދަފުށި ދާއިރާ އާއި ތުޅާދޫ ދާއިރާ އެވެ. މިއިން ކޮންމެ ދާއިރާ އަކަށް އިންތިޚާބު ކުރަނީ އެއް މެންބަރެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެންބަރުންނެވެ.

މަޖިލިސް އިންތިހާބު އަންނަ އަހަރު ބޭއްވުމަށް އީސީ އިން ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ދެވަނަ ދައުރުގައި ބާއްވާފައިވަނީ 13 ޖަލްސާއެވެ. މަޖިލީހުގެ ތިންވަނަ ދައުރު ފެށިފައިވީ ނަމަވެސް މި ދައުރުގައި އަދި ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ  މިދިޔަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top