ހިތާދޫ ފަޅުތެރެ، މުށިމަހުން ތިޔާގިވެފައި

ޖކޖކ.jpg

ބ.ހިތާދޫ ފަޅުތެރެއަށް ބޮޑު މުށިމަސް އައިނެއް ވަދެ މުށިމަހުން ރަށުތެރެ ތިޔާގިވެއްޖެ އެވެ.

ހިތާދޫން ވާހަކަދެއްކި މީހަކުބުނި ގޮތުގައި މުށިމަސް އައިނު ފަޅުތެރެއަށް ވަންތާ މިހާރު ދެމަސް ދުވަސް ވެދާނެއެވެ.

އެކަމަކު އެހެން ރަށްރަށު މީހުން ހަދާހެން މަށިމަސް ގަނޑަށް ދާ ޖަހައިން އެއް ފަހަރާ ކަހާލުމުުގެ ބަދަލުގައި ރައްޔިތުން ހަދާ ގޮތަކީ މުށިމަސް ބޭނުން ކަމަށް އޭނާ ބުންޏެވެ.

”އެމީހަކު ބޭނުން ވަރަކަށް ބާނަންވީ. އެއަކު ނެތް ލިމިޓެއް. ކުޑަކުއްޖެއް ބޮޑު މީހެއް ކިޔާނެ ކަމެއް ނެތް. ކޮންމެ ގެއެއްވެސް މިހާރު ވަނީ މުށިމަހުން ތިޔާގި ވެފައި.އެކަމކު ބާންނަޖެހޭނީ. އެހެން ގޮތަކަށް އެކަމެއް ނުކުރެވޭނެ.”

އޭނާ ބުނީ ހިތާދޫ ރައްޔިތުން މިކަން ސިފަކުރަނީ އެމީހުންނަށް ލިބުނު ރޯއްޖެއްގެ ގޮތުގައި ކަމަށެވެ.

އިތުުރު އެހެން މީހަކު ބުނީ ޒަމާނުއްސުރެ އެ ރަށަށް މުށިމަސް އައިން ވަންނަ ކަމަށެވެ. އެކަމަކު މިފަހަރު ފަޅުތެރެއަށް މިގޮތަށް މުށިމަސް ވަދެފައި މިވަނީ ޒަމާން ތަކަކަށް ފަހުގައި ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މަސް އައިނުން ހިތާދޫއިން ބޮޑު ނަފައެއް ހޯދާކަން ފާހަގަކޮށް އޭނާ ބުނީ މަހުން ތަފާތު ވައްތަރުގެ އުފެއްދުންތައް ވެސް އުފައްދަމުން އަންނަ ކަމަށެވެ.

“ވަރަށް ގިނަ ފަރާތްތަކަށް މިކަމުން ފުދޭ ވަރެއްގެ އާމްދަނީއެއް ލިބޭ. މަސް ހަމަ ކައްކައިގެން ޕެކެޓްކޮށްގެން ވިއްކޭ. އެއްކިލޯ ހުންނަ ވަރުގެ ޕެކެޓެއް 90 ރުފިޔާއަށް. ބައެއް ގޭގައި މަސްކައްކައި ހިއްކުމަށްފަހު މާލެއަށްވެސް ފޮނުވާ. ރިހާކުރު ވެސް ތައްޔާރު ކުރަމުން ގެންދޭ.“ އޭނާ ކިޔައިދިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top