އީދު ފެސްޓިވަލްގެ މެއިން ސްޕޮންސަރަކަށް ބިއެމްއެލް ހަމަޖައްސައިފ

BML-EID.jpg

އޭދަފުށީ ކްލަބް ޖަމިއްޔާ ތަކާއި ކައުންސިލް ގުޅިގެން މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ބާއްވާ “އީދު ފެސްޓިވަލް” ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕޮންސާ ކޮށްފި އެވެ.

އީދު ކުޅިވަރު ކޮމެޓީން ބުނީ، އީދު ފެސްޓިވަލް ބީއެމްއެލް އިން ސްޕޮންސާ ކުރުމާ ގުޅިގެން “އީދު ފެސްޓިވަލް 2014″ ގެ ނަމުގެ ކުރިއަށް ބޭންކް އޮފް މޯލްޑިވްސް އިތުރުވާނެ ކަމަށެވެ. އަދި އީދު ފެސްޓިވަލު ކުރިއަށްދާނީ އެ ކުންފުނީގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށްވެސް އީދު ކުޅިވަރު އިންތިޒާމު ކޮމިޓީން ބުންޏެވެ.

މިއަހަރުގެ އީދު ފެސްޓިވަލް ފެށިގެންދާނީ އީދު ދުވަހުގެރޭ ބާއްވާ ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު އެވެ. އެ ހަރަކާތުގައި ހަވާ އެރުވުމާއެކު ސިފައިންގެ ބަޑިބޭހުގެ ކުޅިވަރުތައްވެސް ކުރިއަށްދާނެ ކަމަށް އީދު ކުޅިވަރު ކޮމެޓީން ބުނެއެވެ.

އީދު ކުޅިވަރުތައް އެއް ސަރަހައްދަކުން ފެސްޓިވަލެއް ގޮތަށް ދެއްކުމުގެ ގޮތުން މިއަހަރުގެ އީދު ކުޅިވަރުތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭދަފުށީ ދެނުކު ފަރާތު ހިއްކި ބިމުގަ އެވެ. އެގޮތުން މި ކުޅިވަރުތައް ބޭއްވުމަށް ދެކުނު ފަރާތު ހިއްކި ބިމުގައި ބޮޑު މައިދާނެއް ތައްޔާރުކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި ގުޅިގެން ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ.

މި ފެސްޓިވަލު ކުލަގަދަ ކުރުމުގެ ގޮތުން އަދިވެސް ވަރަށް އާދަޔާ ހިލާފު ކަންކަން ފެނިގެންދާނެ ކަމަށް އީދު ކުޅިވަރު ކޮމެޓީން ބުންޏެވެ.

އީދު ފެސްޓިވަލުގެ ހުރިހާ މުބާރާތްތަކ ބައިވެރިވުމުގެ ފުރުސަތުވެސް މިހާރުވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ބާއްވާ މުބާރާތް ތަކުގެ ތެރޭގައި ވާދެމުން، ތިންމު ގޯލި، ބަށި މުބާރާތް، ބައިބަލާގެ އިތުރުން ބޯކިބާ އެޅުމުގެ މުބާރާތަކާއި ވަގުތުން ބޮނޑިބަތް ކެއްކުން ފަދަ މުބާރާތްތައް ހިމެނެ އެވެ. މި މުބާރާތްތަކުން ވަނަ ވަނައަށްދާ ފަރާތްތަކަށް އަގުބޮޑު އިނާމުތައްވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.

އީދު ފެސްޓިވަލް އިންތިޒާމު ކޮމެޓީން ބުނީ، ކުޅިވަރުތައް އިންތިޒާމު ކުރުމުގައި ރަށުގެ ކްލަބް ޖަމިއްޔާ އަދި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top