މަޖިލިސް އިންތިޚާބު ފަސްކޮށްފި

big_Meoiyfz5FLUtBw50KCSYdHnOK.jpg

އީސީގެ މެންބަރުންނާއި އެކޮމިޝަންގެ އެސްޖީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އަންނަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މާޗް 17 ވަނަ ދުވަހު އެވެ.

މި އިންތިޚާބު އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް އީސީ އިން ނިންމާފައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގު ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ މަޖިލީހަށް ފޮނުވާލުމުން އެ ބިލް އޮތްގޮތަށް މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ރައީސް މިއަދު އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.

ބިލް ތަސްދީގު ކުރެއްވުމަށް ފުރަތަމަ މަޖިލީހުން ފޮނުވުމުން ރައީސް މުއިއްޒު އެ ބިލް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީ ފަސްކަމެއް ފާހަގަކުރެއްވުމަށް ފަހު އެވެ. ނަމަވެސް މަޖިލީހުން ދެވަނަ ފަހަރަށް ބިލް ފާސްކުރީ އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އެވެ.

އިލެކްޝަންސް ކޮމިޝަން އިން ވިދާޅުވީ އިންތިހާބު ބާއްވަން މިހާރު ނިންމާފައިވާ ތާރީޚަކީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީޚު ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top