ދިރާގުން 145 ރުފިޔާއަށް 23 ޖީބީ ލިބޭ ޕްރޮމޯޝަނެއް

large_165501709049PTND.jpg

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް، 145 ރުފިޔާއަށް ހަފްތާއަކު 23 ޖީބީ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާ މުއްދަތުގައި، ހަފްތާއަކު 145 ރުފިޔާ ދީގެން ހަތް ދުވަހަށް، ކޮންމެ ދުވަހަކު ތިން ޖީބީގެ ޑޭޓާ އެލަވަންސެއް ލިބޭނެއެވެ.

މީގެ އިތުރުން ދިރާގުގެ ހުރިހާ ނަންބަރަކަށް ހިލޭ ގުޅުން ވެސް މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި، ހަފްތާ ބަންދު ދެ ދުވަހު، ދެ ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ހިލޭ ލިބޭނެއެވެ.

ސޯޝަލް މީޑިއާ ޑޭޓާއިން ބޭނުން ކުރެވޭ އެޕްލިކޭޝަންތަކުގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ޓްވިޓާ އަދި ސްނެޕްޗެޓް ފަދަ، އާންމުންގެ ތެރޭގައި މަގުބޫލު އެޕްތައް ހިމެނެއެވެ.

ދިރާގުގެ ސަޅި ޕްރިޕެއިޑް ޕްލޭންތައް އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top