ފެހެންދުއަށް އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި އަތުލައިގެންފި

321164_3_7648a05724b6d4ea5d0c1c74653ab9fc615c7eb3_large.jpg

ބ.ފެހެންދުއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ފުލުހުންބުނީ މި ތަކެތި އަތުލައިގެންފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަން ތަކެއްގައި ކަމަށެވެ.

އެގޮތުން ފެހެންދޫގައި ހިންގި އޮޕަރޭޝަނަކީ ތުޅާދޫން ފެހެންދުއަށް ދިޔަ ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ގޮއިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި މިއޮޕަރޭޝަނުގައި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top