ބީއެމްއެލް އިން ކިހާދުއަށް ހައިޑްރޯޕޯނިކްސް ސިސްޓަމެއް

GHfxadqWYAAAO6V.jpg

ބ. ކިހާދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ކިއުކަންބާ އާއި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމުކޮށްފައިވާ ކަމަށެވެ. ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސްހެއްދޭނެ އެވެ. މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އާ ގުޅިގެން ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާއި ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޓްރެއިންގ ސެޝަންތަކެއްވެސް ބާއްވާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެއްޓާ ގުޅޭ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކުރި ފަންޑެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top