މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބަލަކް އޭދަފުށިގައި

428689543_913740553875173_3490249346154734853_n.jpg

މައިކަލް ބަލަކް އޭދަފުށީގައި

ޖަރުމަނުގެ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މައިކަލް ބަލަކް މިއަަދު އޭދަފުއްޓަށް ޒިޔާރަތް ކޮށްފި އެވެ.

ބަލަކްގެ މި ޒިޔާރަތަކީ އޭދަފުށީގައި ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ކުރެއްވި ދަތުރެކެވެ. 

ބަލަކް އޭދަފުއްޓަށް އައީ ޗުއްޓީ ހޭދަކުރުމަށް ސޮނޭވާފުށީގައި އުޅެމުންނެވެ.

ބަލަކްގެ މިޒިޔާރަތުގައި އޭނާވަނީ އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އޭދަފުށި ކައުންސިލުން ވަނީ އިއުލާނު ވެސް ކޮށްފައެވެ. މިއީ ރަށު ކައުންސިލާއި ސޮނޭވާފުށި ގުޅިގެން އިންތިޒާމު ކުރި ސެޝަނެކެވެ.

މިސެޝަން މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވާ އިރު ހުރިހާ އުމުރުފުރައިގެ އެންމެންނަށް ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މީގެ އިތުރުން އޭނާ ވަނީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޖޫނިއާ ފުޓްބޯޅަ މުބާރާތް ވެސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފަ އެވެ.

ބަލަކަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ދުނިޔޭގެ ސަމާލުކަން ހޯދި ކުޅުންތެރިއެކެވެ. ބަލަކް ކުޅުނު މަޝްހޫރު ކްލަބްތަކުގެ ތެރޭގައި ބަޔާން ލެވަކޫސަން އާއި ބަޔާން މިއުނިކްގެ އިތުރުން ޗެލްސީ ހިމެނެ އެވެ.

އެންޓަޕްރައިޒް ސްޕޯޓްސް ކޮމިއުނިޓީ ބީއެސްޖީ މޮޓޯ “ފްރިޓްޒް ހެކާޓް” ކާލް-މާކްސް-ސްޓެޑްޓްގެ ޒުވާނެއްގެ ގޮތުގައި ބަލަކް ކެރިއަރު ފެށީ 1983 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ފުޓްބޯޅަ ކްލަބް އެފްސީ ކާލް-މާކްސް-ސްޓެޑްޓްގެ ޔޫތު ޑިޕާޓްމަންޓާ ގުޅިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top