ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތް މިއަހަރުވެސް އެބައޮތް

DSC_3001-1.jpg

ޑައުންޓައުން 1 ވަނަ އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން - ފޮޓޯ :ރާއި

ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތް މިއަހަރުވެސް ބޭއްވުމަށް އެކްލަބުން ނިންމައިފިއެވެ.

މިކަމާގުޅިގެން ކްލަބް ޑައުންޓައުން އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު ބާއްވާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޓީމް ރެޖިސްޓްރޭޝަން ފޯމާއި މުބާރާތުގެ އެންޓްރީ ފީ ގެ ގޮތުގައި -/1000 ރުފިޔާ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ކުރިން މުބާރާތް އިންތިޒާމްކުރާ ފަރާތާ ހަވާލުކުރަން ޖެހޭނެކަމަށެވެ.

މީގެ އިތުރުން އޮގަސްޓް 15 ވަނަދުވަހުގެ ކުރިން ޓީމްލިސްޓް މުބާރާތް އިންތިޒާމް ކުރާފަރާތާ ހަވާލުކުރަން ޖެހެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު 9881530 އަދި 9944776 އަށް ގުޅާލުމުން ލިބޭނެކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/10000 ރުފިޔާ ރަނަރަޕް ޓީމަށް -/5000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

ޑައުންޓައުން އިން މި މުބާރާތް ބާއްވަން ފަށާފައިވަނީ މިދިޔަ އަހަރު އަޟްހާ އީދާ ގުޅުވައިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top