މަޝްހޫރު ލަވަކިއުންތެރިޔާ ރޮބިން ތީކް ބ.ފިނޮޅު ރިސޯޓުގައި ޝޯއެއް ދެނީ

robin-thicke-7.7.2014.jpg

ދުނިޔޭގެ މަޝްހޫރު ޕޮޕް ލަވަކިއުންތެރިޔާ ރޮބިންތީކް ބ.ފިނޮޅު ރިސޯޓުގައި ޝޯއެއް ދޭގޮތަށް ހަމަޖެހިއްޖެއެވެ.

ރޮބިންތީކް، ފިނޮޅު ރިސޯޓުގައި ޝޯއެއް ބާއްވާގޮތަށް ހަމަޖެހުނީ މިޖުލައި މަހު 28 ގައި ފެށޭ އެރިސޯޓްގެ ‘1 އޯކް އައިލެންޑް’ ފެސްޓިވަލްއާ ގުޅިގެންނެވެ.

“1 އޯކް އައިލެންޑް ” ފެސްޓިވަލްއަކީ ކޮންމެ އަހަރަކު އެރިސޯޓްގައި ކުރިޔަށް ގެންދާ ސަމާ ބީޗް އެކްސްޓްރަވެގެންޒާ އެކެވެ.

ތިން ދުވަހަށް ދިގުދެމިގެންދާ މި ހަފްލާއަކީ ހުރިހާ އުމުރުފުރާއެއްގެ ގެސްޓުންނަށް ޚާއްސަކޮށްގެން އެންމެންނަށް ބައިވެރިވެވޭ ގޮތަށް އޮންނަ ގިނަ ހަރަކާތްތަކެއް ވެސް އެކުލެވޭ ހަފްލާއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top