ސަރުކާރުގެ ކުންފުނިތަކުން އިދިކޮޅު ފިކުރުގެ މުވައްޒަފުން ވަކިކުރާ މައްސަލަ މަޖިލީހަށް

ފެނަކަ-800x494-800x494.jpg

ސަރުކާރުގެ ކުންފުނިތަކުން އިދިކޮޅު ފިކުރުގެ މުވައްޒަފުން ވަކިކުރާ މައްސަލަ ބެލުމަށް ޕީޕީއެމްގެ ފަރާތުން ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށައަޅައިފިއެވެ.

ޕީޕީއެމްގެ ފަރާތުން އެމައްސަލަ ހުށައަޅަަމުން ބުނެފައިވަނީ ރައީސް ސޯލިހު ސަރުކާރާއި ހަވާލުވިފަހުން ދައުލަތުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާތީ ގިނަ ބަޔަކު އެކަމާމެދު ހިތްހަމަ ނުޖެހި ޝަކުވާ ކުރަމުންދާ ކަމަށެވެ.

ޚާއްސަކޮށް ފެނަކަ ކޯޕަރޭޝަނުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާކަމަށް ޕީޕީއެމްއިން ހުށައަޅާފައިވާ މައްސަލައިގައި ބުނެފައިވެއެވެ.

ޕީޕީއެމުް އިން މިމައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު އޭދަފުށީގައި ހުންނަ ފެނަކަ ރީޖަނަލް އޮފީސް އުވާލުމަށް ފަހު އެތަނުން އެއްބަޔަކު އޭދަފުށީ އިންޖީނުގެއަށް ބަދަލު ކޮށް އަނެއްބަޔަކު ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އެއާއެކު އޭދަފުށީ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އިދިކޮޅު ފިކުރުގެ މީހުންނަށް ވަޒީފާގެ ބިރުދެއްކުން މިދުވަސްވަރު އިތުރުވެފައިވާކަމަށް އެމުވައްޒަފުން ބުނެއެވެ.

ޕީޕީއެމް އިން މަޖިލީހަށް ހުށައެޅި މި މައްސަލައިގައި ސޮއިކުރައްވާފައިވަނީ ކެލާ ދާއިރާގެ މެންބަރ އަލީ އާރިފް، ހޯރަފުށީ ދާއިރާގެ މެންބަރ މުހައްމަދު އިސްމާއިލް، މިލަންދޫ ދާއިރާގެ މެންބަރ ހަސަން މުފީދު އަދި ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top