ފަގީރުން އަމިއްލަ ފައިމައްޗަށް ތެދުވަން ޒަކާތު ފަންޑުން އެހީވަނީ

big_BrQeVzMWudiOt9rcZ9HJpzkR8.jpg

އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު

“ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ”ޒަކާތު ނަފާ“ ފަންޑުން އާއިލާއަކަށް ގިނަވެގެން 150،000ރ. ގެ އެހީ ދޭގޮތަށް، މިއަދު ނިންމައިފި އެވެ.

“ޒަކާތު ނަފާ” އަކީ ޒަކާތު ފަންޑު މެދުވެރިކޮށް، ފަގީރުންނަށް މާލީ އެހީތެރިކަން ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މި އަހަރު ފެށި ޕްރޮގްރާމެކެވެ.

މިއަދު އާއްމުކޮށްފައިވާ ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެ ގޮތުގެ އުސޫލުގައި ބުނީ، އެ ޕްރޮގްރާމުގެ ތެރެއިން ޒަކާތު ފަންޑުން ޚަރަދު ކުރެވޭނީ، އާއިލާއަކަށް ގިނަވެގެން 150،000ރ. ކަމަށެވެ. އެ އަދަދުގެ އިތުރުން، އެސްއެމްއީ ފަންޑު މެދުވެރިކޮށް، އަނބުރާ ދައްކާ ގޮތަށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ވަކި ވަރެއް އެހީގެ ގޮތުގައި ހަމަޖައްސައި ދެވިދާނެ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީދެވޭ ދާއިރާތަކުގެ ތެރޭގައި ގެދޮރުގެ ނަފާ، ޕޯލްޓްރީ ފާމިން، ހައިޑްރޯޕޯނިކް ދަނޑުވެރިކަން، ފަރުމަސްވެރިކަން، ފެހުން އަދި ޓްރެއިންނިން ޕްރޮގްރާމްތަކުގައި ބައިވެރިކޮށްދިނުން ހިމެނެ އެވެ.

އޭގެ އިތުރުން، ހާލަތަށް ބަލައި އިތުރު ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު، ސްޓިއަރިން ކޮމިޓީ އަށް ލިބިގެންވާ ކަމަށާއި އެހީ ދޭ ދާއިރާތަކަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރިތަކެއް ކަމުގައި ވާން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top