ދެ ބައި-އިލެކްޝަން ވެސް ޕީޕީއެމް އަށް

big_IY3cbyKIvxxRQjtuBY4GCjzzg.png

އިންތިޚާބު ކާމިޔާބު ކުރި ޔުމްނާ (ކ) އާއި ސަފިއްޔާ

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ދެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވީ ނ. މަގޫދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަންހެން މެންބަރަކު ހޮވުމުގެ އިންތިޚާބާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ނ.މަގޫދޫ ކައުންސިލް އިންތިހާބުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލްޣަނީ ކާމިޔާބުކުރީ 124 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ފަރީދާއަށް ލިބުނީ 115 ވޯޓެވެ. ކަލައިދޫ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ޚުވައިލަތަށް ލިބިފައިވަނީ 192 ވޯޓެވެ.

މި ދެ އިންތިހާބުގައިވެސް ވާދަކުރީ ޕީޕީއެމް އާއި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މިއަދުގެ އިންތިހާބާއި ގުޅޭގޮތުން އެމްޑީޕީގެ ބައި އިލެކްޝަން ކޮމިޓީގެ ޗެއާ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މިއަދަކީ އެމްޑީޕީ އަށް ނާކާމިޔާބު ދުވަހެއް ކަމަށެވެ.

“އެމްޑީޕީގެ ކެންޑިޑޭޓުން އަދި ކެމްޕޭން ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރިއްޔާ،” މަހްލޫފް ވިދާޅުވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top