ޕީޕީއެމްގެ ދާއިރާތަކުގެ ވޯޓުލުން ކުރިޔަށް ދަނީ

big_jwUrc0NoszpqFlUmA6xAASddn.jpeg

ހެންވޭރު ދަނޑުގައި ވޯޓުލުން ކުރިއަށް ދަނީ: -- ޕީޕީއެމް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ދާއިރާތަކުގެ ވޯޓުލުން ފަށައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ކޯލިޝަންގެ 87 ދާއިރާއެއްގެ ވޯޓުލުން، މާލެ އާއި ބައެއް ރަށްރަށުގައި މިއަދު ހެނދުނު 10 ޖަހާއިރު ފަށާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ހަތަރެއް ޖަހަންދެން ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ދާއިރާތަކުގެ ވޯޓުލުން ކުރިއަށް ދަނީ ހެންވޭރު ދަނޑުގަ އެވެ. ވިލިމާލޭގެ ވޯޓުފޮށި ބަހައްޓާފައި ހުރީ ވިލިމާލޭ ޔޫތު ސެންޓަރުގަ އެވެ. ހުޅުމާލޭ ވޯޓުފޮށި ބަހައްޓާފައި ހުރީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގަ އެވެ. އަދި ރަށްރަށުގައި ވޯޓުލުން ކުރިއަށް ދަނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީން ކަނޑައަޅާފައިވާ ތަންތަނުގަ އެވެ.

ޕީޕީއެމް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އިންތިހާބުގައި ވޯޓު ދެވޭނީ ކޯލިޝަންގެ ފަރާތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަންޏެވެ. އަދި ވޯޓު ލާން އަންނަ މީހާ އަކީ ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ވޯޓު ލުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެ ލިޔުމުގެ މުއްދަތު ހަމަވެފައި ވިޔަސް ވޯޓުލުމުގެ ފުރުސަތު ދޭނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު އެންމެބޮޑު ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާއިރު، އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަރުވާފަ އެވެ.

ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޔާމީން ވަނީ ދާދި ފަހުން ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަޑައިގެންފަ އެވެ. އަދި ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ އަށް ވެސް ވަނީ ވަޑައިގެންފަ އެވެ. ދެން އެންމެ އަވަހަށް ވަޑައިގަތުމަސް ހަމަޖެހިފައިވަނީ އައްޑޫސިޓީއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top