މަކަރުހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާ ކަމެއް: ޚުތުބާ

DSCN9428.jpg

އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން/ އީވީ ފޮޓޯ: އަބްދުލްޤައްޔޫމް ޔޫސުފް

ވިޔަފާރިއާއި އެހެނިހެން މުއާމަލާތްތަކުގައި ވެސް މަކަރުހަދައި އޮޅުވާލުމަކީ ދެ ދުނިޔެ އަބާއްޖަވެރިވެގެން ދާނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

”މަކަރާއި ހީލަތްހެދުން“ މި މައުލޫގެ މައްޗަށް ބިނާކޮށް ގެނެސްދިން މިއަދުގެ ހުތުބާގައި ވަނީ މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ކޮންމެ މީހަކު ވެސް ދުންޔަވީ ހަޔާތުގައި މަސައްކަތް ކުރަމުން ދަނީ އުހުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ހަނދާން ކޮށްދީފައެވެ.

“މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލިން ހެއްޔެވެ؟ މާތް الله ހަރާމް ކުރައްވާފައިވާ ގޮތްގޮތުން ހޯދާ ފައިސާ ތިޔަ ހޭދަކުރަމުންދަނީ، ތިމާގެ އަމިއްލަ ނަފްސަށާއި، ތިމާ ލޯބިވާ އަނބިދަރިންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ނޫންހެއްޔެވެ؟ ތިމާގެ އަތުން ތިމާ ލޯބިވާ މީހުންނަށް ޙަރާމް މުދަލާއި ފައިސާއިން ކާންދެމުން ގެންދާއިރު، މިކަމުގެ ނުބައިކަމާ މެދު ވިސްނާލިން ހެއްޔެވެ؟” ހުތުބާގައި ބުނެފައިވެއެވެ.

ހަމައެހެންމެ މުދާއެތެރެކޮށް ވިއްކުމުގައި، ބައެއް ވިޔަފާރިވެރިން މަކަރުހަދައި، އޮޅުވާލައި، ފެންވަރުދަށް މުދާ، މަޝްހޫރު ބްރޭންޑު ތަކުގެ ނަމުގައި ވިއްކާ ކަމަށާއި މިގޮތަށް ވިޔަފާރި ކުރުމަކީ، މަކަރާއި، ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

މިއީ ބައެއް ވިޔަފާރިވެރިންގެ ފަރާތުން ފެންނަމުންދާ ކަމެއް ކަމަށާއި މިގޮތަށް ވިޔަފާރި ކުރުމަކީ، މަކަރާއި، ހީލަތް ހެދުމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް ޚުތުބާގައި ހަނޑާން ކޮށްދީފައިވެ އެވެ. އަދި މިއީ މުދާ އުފައްދާ ފަރާތްތަކަށާއި، ގަންނަ ފަރާތްތަކަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް ވެސް ހުތުބާގައި ވެއެވެ.

”ލިބޭ އާމްދަނީ މަދުވެގެން، އާމްދަނީ އިތުރުކުރުމަށް ނަމަވެސް ދީނުގައި ހުއްދަނޫން މަގުތައް އިޚްތިޔާރުކުރުމަކީ ނުރައްކާތެރި ކަމެއްޒަމާނީ ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި މީސްތަކުންގެމުދާ ފޭރިގަތުމަށް ބޭނުންކުރާ އުކުޅުތަކާމެދު ފާރަވެރިވެ ތިބުމަކީ މުހިންމު ކަމެއް“ ޚުތުބާގައި ބުނެފައިވެއެވެ.   

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top