ބަގީ އާއި އެކު މޫދަށް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެ

buggy-service.jpg

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ބަގީއާއެކު މޫދަށް ވެއްޓި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ މޮރޮކޯގެ އަންހެނަކަށް ކަމަށެވެ. އޭނާ އަކީ އެ ރިސޯޓުގެ މުވައްޒަފެކެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓުގެ ޖެޓީ މަތިން ބަގީ ދުއްވުމުގެ ތެރޭގައި ކަމަށް ފުލުހުން ހާމަކުރެއެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަނިޔާ ލިބުނު އަންހެން މީހާ އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top