ދެދަރިވަރުން ހިންގި މާރާމާރީއެއްގައި ޓީޗަރުގެ ބޯފަޅާލައިފި

269420_3_e1ced19c3e95d829d47c6a057eb66326e55ba6bb_large.jpg

ފުވައްމުލައް ހޮސްޕިޓަލް:.

ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލްގެ ދެ ދަރިވަރުންގެ މެދުގައި މިއަދު ހިންގި މާރާމާރީއެއް ހުއްޓުވަން އުޅުނު ޓީޗަރެއްގެ ބޯފަޅާލައިފި އެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގެ ސްކޫލުގައި ކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގެ ސްކޫލުގައި ކުދިންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެކަމަކު އެއީ ކުޑަކުދިން ހިމެނޭ މައްސަލައަކަށް ވުމުން، އިތުރު ތަފުސީލެއް ނުދެ އެވެ.

އެ މާރާމާރީގައި އަނިޔާވި ޓީޗަރަށް ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީ ހިންގާފައިވަނީ  އެ ސްކޫލްގެ ގްރޭޑް 8 އަދި ގްރޭޑް 9ގައި އުޅޭ ދެ ފިރިހެން ކުދިންގެ މެދުގަ އެވެ.

ގްރޭޑް 9 ގައި ކިޔަވާ ކުއްކާ ގްރޭޑް 8 ގެ ކުއްޖާ އަށް ހަމަލާދިނީ އޭނާ ކުލާހުގައި އިންދާ އެ ތަނަށް ވަދެ އެވެ. އެ ކުލާހުގައި ކިޔަވައިދޭން ހުރި ޓީޗަރު އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާ އަށް އަނިޔާވީ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top