ރެޑްވޭވް އިން ވިއްކާ މަޖަންކިރުގެ އަގަށް ބަދަލެއް ނުގެންނާނެ

ADH1847-1622983604392_rhpdri.jpg

ޖީއެސްޓީ ބޮޑުވުމުގެ ސަބަބުން ކަމަށް ބުނެ ތަކެތީގެ އަގު ބޮޑު އަތްނުފޯރާފަށަށް ބޮޑުވެފައިވާ އިރު ، ރެޑްވޭވްއިން ވިއްކަމުން ގެންދާ މަޖަން ކިރުގެ އަގަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތްކަމަށް ރެޑްވޭވް އިން ބުނެފިއެވެ.

ރެޑްވޭވުން ބުނީ ދުނިޔޭގެ މާކެޓަށް އައި ބަދަލާ އެކު ހިކި ކިރުގެ އަގުތަށް އުފުލިގެން ދިޔުމާއެކު ވެސް، ރެޑްވޭވުން ވިއްކާ ހިކި ކިރުގެ އަގުތައް އެކުންފުނިން ވަނީ އެހަރަދުގެ ބުރަ، ކަސްޓަމަރުން އުފުލަން ނުޖެހޭގޮތަށް އެއް ހަމައެއްގައި ހިފަހައްޓާފައި ކަމަށެވެ.

ހަމައެހެންމެ ޖީއެސްޓީއަށް އައި ބަދަލާއެކު ބާޒާރުގައި މުދަލުގެ އަގު އިންތިހާއަށް އަށް ބޮޑުވެފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް ކެއިންބުއިމަށް ބޭނުންކުރާ ތަކެތި އަގުބޮޑުވެގެން ދިއުމަކީ އާއްމުންގެ މިއަދުގެ އެނެމް ބޮޑު ކަންބޮޑުވުން ކަމަށް ރެޑްވޭވުން ބުންޏެވެ.

އޮފިޝަލު ވިދާޅުވީ މަޖަން ހިކި ކިރު ނޫނަސް އާންމުކޮށް ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދާ ރެޑްވޭވްއިން ލިބިގެންދާނީ ހެޔޮ އަދި ހަމަ އަގުގައި ކަމަށެވެ. އެގޮތުން، މަސްދަޅު، ޓޮމާޓޯ ޕޭސްޓް، ސަންފްލާވާ އޮއިލް އަދި މައިލޯ ފަދަ ޕްރޮޑަކްޓްގެ އަގު ރެޑްވޭވްގައި ހެޔޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

” ހޯލްސޭލް އަދި ރީޓޭލް ކަސްޓަމަރުންނަށްވެސް ކުރީގައިވެސް ހުރި، ބަދަލެއްނުވާ ހެޔޮ އަގުގައި މަޖަން ހިކިކިރު ލިބިގެންދާނެ. މަޖަންއަކީ ރާއްޖެއަށް އެތެރެކުރާ ގިނަ ބްރޭންޑްތަކެއްގެ ކިރެކޭ އެއްފަދައިން، ދިވެހިންގެ ރަހަތަކާ ގުޅޭ ނިއުޒިލޭންޑުގެ އުފެއްދުމެއް.” އޮފިޝަލު ވިދާޅުވިއެވެ.

އަދި ކަސްޓަމަރުން ވިޔަފާރި ކުރެއްވުމުގައި އަގުހެޔޮކޮށް އެއްޗެހި ބައްލަވައިގަތުމަށް ސަމާލުކަންދޭނަމަ، މުދަލުގެ އަގަށްއައި ބަދަލުންވާ ގެއްލުން ލުއި ކުރެވޭނެ ކަމުގައި އޮފިޝަލު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top