ސަލީމް ވިދާޅުވަނީ ގަވަރުނަރު ވަކިކޮށް، ގާބިލް ބޭފުޅަކު އައްޔަން ކުރެއްވުމަށް

daTRQtzSAXQhTYQmHLyNj262quEEfcrr5XaD7Lfw.jpeg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ: މަޖިލިސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް އެތަނަށް ގާބިލު އެހެން ބޭފުޅަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މެންބަރު އަހްމަދު ސަލީމް ގޮވާލައްވައިފި އެވެ.

ސަލީމް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އަލީ ހާޝިމް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވަދައިގަތުމަށް ތިންފަހަރު ދެންނެވުމުން ވެސް އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ މަޖިލީހަށް ވަޑައިގަތުމަށް އުޒުރުވެރި ވުމާ ގުޅިގެންނެވެ.

ސަލީމް ވިދާޅުވީ އަލީ ހާޝިމް، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ވަޑައިނުގެން ގަދަ ހެއްދެވުމަކީ ކުރެއްވި ކުށެއް ކަމަށާއި އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ފެންނަ ކަމަށް ކޮމިޓީން ނިންމީ އޭނާއަށް ޖަވާބުދާރީވާން ތިން ފުރުސަތެއް ދިނުމަށް ފަހުގައެވެ. އެކަމަކު، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމުގެ ބަދަލުގައި އެމްއެމްއޭގެ ގަވަރުނަރު ޖަވާބު ދެއްވީ ލިޔުމުންނެވެ. އަދި އިތުރު ސުވާލެއް އޮތްނަމަ، ޖަވާބު ފޮނުއްވާނެ ކަން ވެސް އެންގެވިއެވެ.

މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެމްއެމްއޭ ގަވަރުނަރަކީ ރާއްޖޭގެ އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ މަގާމުގައި ހުންނެވި ބޭފުޅާ ކަމަށެވެ. ކޮމިޓީން އާދޭސްކޮށްގެން މަޖިލިހަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ގަވަރުނަރު ވިދާޅުވި ކަމުގައި ވިޔަސް، އެކަމުގެ ހެއްކެއްގެ ގޮތުގައި ޑޮކްޓަރުގެ ސެޓްފިކެޓެއް ނޫނީ ލިޔުމެއް ވެސް ފޮނުއްވާފައި ނުވާ ކަމަށެވެ.

”ހަމަ ރަނގަޅަށް އޮފީހާ މުއާމަލާތް ކުރާ ކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވެ، އުޒުރެއް ކަމަށް މިދައްކަވަނީ އެއީ. އަޅުގަނޑުމެންނަށް އެހެން ގޮތް ގޮތުން މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހުންނެވީ މި ތަނަށް ވަޑައިގަންނަވާ ގޮތަކަށް ވެސް ނޫން،“ ސަލީމް ވިދާޅުވިއެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާ އަރުވަން ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ އެމްއެމްއޭގެ ގާނޫނުގެ ދަށުން ގަވަރުނަރު ހާޝިމް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ގާބިލްކަން ނެތް ކަމަށް ކޮމިޓީ އަށް ސާބިތުވާ ކަމަށެވެ. އެހެންވެ، އެ ގާނޫނުގައިވާ ގޮތުގެ މަތިން ގަވަރުނަރު ވަކިކުރަން ފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން އޭނާ ހުށަހެޅުއްވިއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top