ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތުން އެއްވަނަ މުވައްސަސާއަކަށް ފ.އަތޮޅު ކައުންސިލް

cddfd-850x548.jpeg

ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބުނު ދަރިވަރަކަށް ރައީސް ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އިންތިޒާމުކޮށް ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގައުމީ މުބާރާތުގެ އެއްވަނަ މުވައްސަސާއަކަށް ފ.އަތޮޅު ކައުންސިލް އިދާރާ ހޮވިއްޖެއެވެ.

މި މުބާރާތުގައި، މުޅި މުބާރާތުން އެއްވަނައަށް އައި ފަރާތަށާއި މުބާރާތުގެ އެކި ކެޓަގަރީތަކުން އެއްވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލައާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ އާޔަން އަހްމަދު އިނާންއާއި ދަރުމަވަންތަ ސްކޫލްގެ ހަނާން ހުސެއިން ޝަރީފް އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 34 ވަނަ ގުއުމީ މުބާރާތް ކުރިޔަށްގެންދިޔައީ ވާޗުއަލްކޮށެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ބައި ކުރިއަށްގެންދިޔައީ ބައިވެރިން ކިޔަވަން ބޭނުންވާ ތަން ރެކޯޑުކޮށް، އެ ވީޑިއޯ ޕޯޓަލްއަކަށް އަޕްލޯޑްކޮށްގެންނެވެ. ނުބަލައި ކިޔެވުމުގެ ބައި ކުރިއަށްގެންދިޔައީ ޒޫމް މެދުވެރިކޮށް ލައިވްކޮށެވެ.

މުބާރާތް ކުރިއަށްގެންދިޔައީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އަދި މުބާރާތް ކުރިއަށްގެންދިޔައީ މައިގަނޑު ތިން ބަޔަކުން ވާދަކުރެވޭގޮތަށެވެ. އެ ބައިތަކަކީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލައި ކިޔެވުމުގެ ބަޔާއި ހާފިޒުންގެ ބައެވެ. މުޅި ރާއްޖެއަށް އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ 1700 ބައިވެރިން ބައިވެރިވި އިރު، އޭގެ ތެރޭގައި 98 މުއައްސަސާއަކުން ބައިވެރިވި ބައިވެރިންވެސް ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top