އޭދަފުށީގެ ކަރަންޓު ވިއުގާ އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަނީ

ދޗސދވސދ-850x548.jpg

އެންވަޔަރންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ

ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީއިން ހިންގާ “އެރައިސް ޕްރޮޖެކްޓް”ގެ ދަށުން އޭދަފުށީގެ ކަރަންޓު ވިއުގާ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެެވެ.

މި މަޝްރޫއު ނިމުމުން، މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ކޭބަލް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް އެންވަޔަރންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ މިމަޝްރޫއުގެ ދަށުން ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓް ނެޓްވޯކް ފުޅާ ކުރެވޭނެ ކަމަށެވެ.

އޭދަފުށި ހިމެނޭ ގޮތަށް އިތުރު 14 ރަށެއްގެ ކަރަންޓް ވިއުގާ އަޕްގްރޭޑު ކޮށްދޭނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން އިއުލާނު ކޮށްފައިވެއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top