ޖަމިއްޔާތަކަށް އެހީވުމަށް ބީއެމްއެލުން ”ސްމޯލް ގްރާންޓްސް“ފަންޑު ހުޅުވައިފި

img_md_202012020723581606919038.3106.jpg

'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުރިނބީގައި ކަސްރަތުކުރަން ހާއްސަކޮށް އައުޓްޑޯ ޖިމް--ފޮޓޯ: ބީއެމްއެލް

ޖަމިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން “ސްމޯލް ގްރާންޓް”ގެ ނަމުގައި ފަންޑެއް ހުޅުވައިފި އެވެ.

ބީއެމްއެލުން ބުނީ މި ފަންޑުން އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ދާއިރާއިން ޖަމިއްޔާތަކުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް ކަމަށެވެ.

މި ގްރާންޓް ސްކީމްގެ ދަށުން ހޮވާލެވޭ އަށް ޕްރޮޖެކްޓަކަށް 250،000 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެހީއަށް އެދުމުގެ ސުންގަޑި އަކީ އަންނަ މޭމަހުގެ 15ވަނަ ދުވަހެވެ. މި އަހަރު ފެށުމުގެ ކުރިން ރަޖިސްޓަރީ ވެފައިވާ ކޮންމެ ޖަމިއްޔާއަކަށް ވެސް އެހީއަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

މިއީ ބީއެމްއެލްގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ބޭންކުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

ސްމޯލް ގްރާންޓްސް އަށް އެދި ހުށަހަޅާ ފޯމު، އަދި ޝަރުތުތަކާ އަދި އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top