ވަގު ޑޮލަރު ވިއްކަމުން ދާތީ ސަމާލުވުމަށް އެދެފި

b_ET5rzoXRiQ9t3i1aCw1xLhFiJ.jpg

ވަގު ޑޮލަރު ތަކެއް ގުނަނީ

މަނީ އެކްސްޗޭންޖްގެ ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ސައްހަނޫން ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތި ވެފައިވާ ކަމަށާއި އެ ކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މަނީ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި ވިއްކާ މީހުން ބުނާ ތަނަކަށް މީހާ ގެންދާ ކަމަށެވެ. އަދި އެގޮތަށް ގެންދިއުމުގައި، މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދުތަކަށް ދިއުމަށް ދައުވަތު ދޭ ކަމަށާއި އަދި ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓަފީޓް ނުވަތަ ވަގު ޑޮލަރު ދެމުންދާ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ.

ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތްތައް ނުހިންގުމަށާއި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާއަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top