ދަނޑުވެރިކަން ދަސްކޮށްދޭ އޮންލައިން ކޯހެއް ސޮނެވާ އިން ތައާރަފް ކޮށްފި .

p6163643.jpg

OLYMPUS DIGITAL CAMERA

ބ.ކުންފުނަދޫގައި ހިނަގަމުން އަންނަ ސޮނެވާފުށި ރިސޯޓުން “އޯގަނިކް ޓްރޮޕިކަލް ގާޑެނިން” ގެ ނަމުގައި އޮންލައިން ކޯހެއް ތައާރަފް ކޮށްފި އެވެ.

ޖަޒީރާ މާހައުލެއްގައި ކާނާ ހައްދަން ދަސްކޮށްދިނުމަށް ފެށި މި ކޯހަކީ ކުޑަ ބެލްކަންޏެއްގައި، ގޭގެ ބަގީޗާގައި ނުވަތަ ބޮޑު ދަނޑެއްގައި ނަމަވެސް، އަލަށް ކާނާ ހައްދަން ދަސްކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ކޯހެކެވެ.

ފޭސްބުކްގައި އާއްމު ކޮށްފައިވާ 10 ވީޑިއޯ އެޕިސޯޑުގައި އަލަށް ގަސް ހައްދަން ސަރަހައްދެއް ތައްޔާރުކުރާނެ ގޮތާއި ގަސް އިންދުމުގައި އަމަލުކުރާނެ ގޮތްތަކާއި ދަނޑު ބެލެހެއްޓުމާއި ތަރުކާރީ ކަނޑާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ހައްދާ ތަރުކާރީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ވީޑިއޯތަކުން ކިޔައިދޭނެ އެވެ.

މި ޕްރޮގްރާމަކީ ބ. މާޅޮސް، ކިހާދޫ، ދަރަވަންދޫ، ސޮނެވާ އަދި ކޮމަން ސީސް ގުޅިގެން ހިންގާ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ތެރެއިން ހިންގާ ކޯހެކެވެ.

“ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ އަމާޒަކީ ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމަށް ތިމާވެއްޓަށް ރައްކާތެރި ނިޒާމެއް ގާއިމް ކުރުމާއި، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާވަރު މަދުކުރުމާ އެކު ތިމާވެއްޓަށް ލޯބި ޖެއްސުން،” ސޮނެވާގެ ސީއީއޯ ސޯނޫ ސިވްދަސާނީ ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ މި ހާއްސަ ކޯހުގައި ޕޮޓުގައި ގަސް އިންދުމާއި ދަނޑު ބެލެހެއްޓުމާއި ތަރުކާރީ ކެންޑުމާއި ޕެސްޓް ކޮންޓްރޯލް ކުރުމާއި ބިންގަނޑު ހެއްދުމުގެ މައުލޫމާތުތައް ކިޔައިދޭނެ އެވެ. އެގޮތުން ދަނޑުހެއްދުމާ ބެހޭގޮތުން ސޮނެވާގެ ޓީމާ ސުވާލުކުރަން ބޭނުންވާ މީހުންނަށް ފޭސްބުކް އާއި އިންސްޓަގްރާމް މެދުވެރިކޮށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ސޮނެވާފުށީގައި ނަގާފައިވާ މި ކޯހުގެ 10 ވީޑިއޯ އެޕިސޯޑު މިހާރު ވަނީ ފޭސްބުކްގައި އާންމުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top