ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ!

293880_3_5e207ae38b72f8b599c5b847b9aba0ad368fa4cb_large.jpg

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކެއްގައި މާދަމާ ކޮވިޑުގެ ވެކްސިން ދޭން ފަށާނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ )އިން މިއަދު ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްތެރިންނަށާއި، އިޖުތިމާއީ މަަސައްކަތްތެރިންނަށް 10 ދުވަހުގެ ތެރޭގައި ވެކްސިން ޖަހައި ނިންމައިލުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. ފުރަތަމަ ދުވަހު 282 މީހުންނަށް ވެކްސިން ދީފައިވެ އެވެ.

ރާއްޖޭގެ ހުރިހައި ހޮސްޕިޓަލުތަކެއްގައި މާދަމާ ކޮވިޑުގެ ވެކްސިން ދޭން ފަށާ އިރު ޖެހިގެން އަންނަ ދުވަހު ހުރިހާ ހެލްތު ސެންޓަރެއްގައި ވެކްސިންދޭން ފަށާނެކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެކްސިންދެނީ މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި، އައްޑޫ ސިޓީގައެވެ. މި ވަގުތު ރާއްޖޭގައި ޖަހަމުން އަންނަނީ އޮކްސްފޯޑުގެ ވެކްސިން، ކޮވިޝީލްޑެވެ. މީގެ އެއްލައްކަ ޑޯޒް އިންޑިއާއިން ހަދިޔާކޮށްފައިވެއެވެ.

ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top