ފުޅަދޫ ކައުންސިލް އިދާރާ އިމާރާތް ކުރަން ފުޅަދޫ ކައުންސިލަށް

b_gMyOvI7uHre3XLxheUcf10RMb.jpg

އެލްޖީއޭ އިން ތިން ރަށެއްގައި ތިން ޕްރޮޖެކްޓެއް ހިންގުމަށް ކައުންސިލްތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ބ. ފުޅަދޫ ކައުންސިލް އިމާރާތް ކުރުމަށް ފުޅަދޫ ކައުންސިލާ ހަވާލު ކޮށްފިއެވެ.

މި ޕްރޮޖެކްޓް ފުޅަދޫ ކައުންސިލާ ހަވާލުކުރީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ފަރާތުން  އިއްޔެ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފުޅަދޫގެ އިތުރުން އިތުރު ދެ ކައުންސިލަކަށްވެސް ވަނީ ޕްރޮޖެކްޓެއް ހިންގަން އެރަށްރަށުގެ ރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.

ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްތަކުގެ ރައީސުންނެވެ.

ފުޅަދޫގެ ކައުންސިލް އިދާރާ އިމާރާތް ކުރުމަށް ކައުންސިލަށް ހަވާލު ކޮށްފައިވަނީ 3.5 މިލިއަން ރުފިޔާ އަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ގައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅައި ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު ފަސް މިލިއަން ރުފިޔާއަށްވުރެ ދަށްނަމަ އެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top