ހަނިފަރަށް ގަވާއިދާ ޚިލާފަށް ވަން ޔޮޓެއް ޖުރިމަނާ ކޮށްފި

HANIFARU.jpg

ހިމާޔަތްކޮށްފައިވާ ބ. ހަނިފަރަށް ގަވާއިދާ ޚިލާފަށް ވަން ޔޮޓެއް ޖުރިމަނާ ކޮށްފި އެވެ.

އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހަނިފަރުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެފައިވާ”ވިޓާލިއާ 2 ލަންޑަން“ ނަމަކަށް ކިޔާ ޔޮޓެއް ޖުރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ ޔޮޓުގައި ތިބި މީހުން ވަނީ ހަނިފަރު ސަރަހައްދަށް ވަދެ އެތަނުގައި ކައިޓް ސާފްކޮށް ހަނިފަރަށް އަރައި ހަރަކާތްތަކެއް ހިންގާފައި ކަމަށް އީޕީއޭއިން ބުނެއެވެ.

އެކަމާ ގުޅިގެން 6،000 ރުފިޔާއިން އެ ޔޮޓް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ވަނީ ޖުރިމަނާގެ ފައިސާ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ އުޅަނދުގެ ލޯކަލް އޭޖެންޓް، އޭޝިއާ ޕެސިފިކް ސުޕަޔޮޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

ޔުނެސްކޯ އިން ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަނިފަރު ސަރަހައްދަށް ވަނުމަށް ހުއްދައެއް ނަގަން ޖެހެ އެވެ. އަދި ބައެއް ކަހަލަ ހަރަކާތްތައް އެތަނުގައި ކުރިއަށް ގެންދިއުމަކީ މަނާ ކަމެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top