މޫސުމަށް އަންނަ ބަދަލުތަކާބެހޭ ވޯކްޝޮޕެއް ގޮއިދޫ އާއި މާޅޮހުގައި

big_7Kq8s9jnqIhgQsE.png

ވޯކްޝޮޕްގެ ބައިވެރިން. ފޮޓޯ : އަވަސް އޮންލައިން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި ނޭޝަނަލް ސެންޓަރފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ ) އާއި ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާއި ސުނާމީއާއި ބިންހެލުންފަދަ ގުދުރަތީ ކާރިސާއާ ބެހޭ މައުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ބ. މާޅޮހާއި ގޮއިދޫގައި ފަށައިފިއެވެ.

އިއްޔެއިން ފެށިގެން ކުރިއަށް ގެންދިއުމަސް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ، މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އައްސޭރިފަށުގައިވާ ބިންތިރި ހިސާބުތަކަށް ސުނާމީއާ އުދައެރުން އަދި ކަނޑުގެ ލޮނުގަނޑު އުފުލުން ނުވަތަ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމާ ބެހޭ ގޮތުންނެވެ.

މިވޯކްޝޮޕްގައި މޫސުމާއި ގުދުރަތީ ކާރިސާތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ތިން ކަރުދާހެއް ހުށަހެޅުމަށް ވެސް ހަމަޖެހިފައިވެއެވެ. އެއީ މޫސުން ކުރިއަށް ލަފާކުރާގޮތާއި އޭގައި ބޭނުންކުރެވޭ ބަސްމަގާއި ބެހޭ ކަރުދާހަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ކަރުދާހަކާއި ބިންހެލުމާއި ސުނާމީއާ ބެހޭ ކަރުދާހެކެވެ.

މި ވޯކްޝޮޕް ނިންމަން ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top