މެއްސާ، މަދިރި ކޮންޓްރޯލް ކުރުމަށް އޭދަފުއްޓަށް ކެމިކަލް ސްޕްރޭ ކޮށްފި

12924442_608288149325164_3212473624742169101_n.jpg

އޭދަފުއްޓަށް ކުރިމަތިވެފައިވާ މެއްސާ މަދިރީގެ އުނދަގުލުން ސަލާމަތް ވުމަށްޓަކައި އޭދަފުށީގެ ހުރިހާ މަގުތަކުގައި ކެމިކަލް ސްޕްރޭ ކޮށްފިއެވެ.

މިއަދު ހެނދުނު މިމަސައްކަތް ކޮށްފައިވަނީ ބ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުންނެވެ. އެހޮސްޕިޓަލުން މިދިޔަ ހަފްތާވަނީ އޭދަފުށީ ކުނިކޮށީގައިވެސް ކެމިކަލް ސްޕްރޭ ކޮށްފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކެމިކަލް ސްޕްރޭ ކުރީ މެއްސާ މަދިރީގެ އުނދަގޫ ރަށުގެ ގޭގެއަށް ފޯރާ މިންވަރު އިތުރުވެ، އާންމުންނަށް ދަތިތަކާ ދިމާވަމުންދާތީކަމަށެވެ. އެހޮސްޕިޓަލްގެ ޕަބްލިކް ހެލްތް ޔުނިޓް ހެޑް ސިދުގީ އަބްދުﷲ ވިދާޅުވީ މެއްސާ މަދިރީގެ އުނދަގޫ އަދިވެސް ފޯރަމުންދާކަމަށާ، ހާލަތު އަދިވެސް ގޯސްކަމަށެވެ.

“ރަށުތެރޭގައި އަދިވެސް މެއްސާ މަދިރީގެ އުނދަގޫ އެބައޮތް ފުދޭވަރަކަށް. އެހެންވެ ކައުންސިލާ މަޝްވަރާކޮށްފައި ރަށުތެރެއަށް މިއަދު ކެމިކަލް ޖަހަން ނިންމީ” ސިދުގީ ވިދާޅުވިއެވެ.

ސިދުގީ ވިދާޅުވީ ކެމިކަލް ބޭސް ޖެހުމުގެ ސަބަބުން އާންމުންނަށް ސިއްހީ މައްސަލަތަކެއް ދިމާނުވާނެކަމަށާ، ނަމަވެސް ގޯތިތެރެއާއި، ހާމައަށް ހުންނަ ސަރަހައްދުތަކުގައި ހުރި މޭވާ އަޅާ ގަސްގަހާއި، ހިފާގެންގުޅޭ ސާމާނު ބޭނުންކުރާއިރު، ރައްކާތެރިވުމުގެ ގޮތުން އެތަކެތި ރަނގަޅަށް ދޮވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ މެެއްސާ މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާނެކަމަށާ، ހާއްސަގޮތެއްގައި ކުނި އުކާލުމުގައި ސަމާލުވުމަށް އެދޭކަމަށެވެ.

ކުނިކޮށްޓަށް ގަވާއިދާ ހިލާފަށް ކުނި އެޅުމުގެ ސަބަބުން އޭދަފުށީގައި މެހީގެ އުނދަގޫ ބޮޑުވީ މިމަހުގެ ކުރީކޮޅު ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. މިމައްސަލަ މިއަހަރުގެ ރަމަޟާންމަހުގެތެރޭގައިވެސް އޭދަފުށީގައި ބޮޑުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top