ބޮޑުއީދު، ގަދަ ވިއްސާރަ އީދެއް!

IMG_20220514_120657066.jpg

މޫސުން ގޯސް ދުވަހެއް

މިއަހަރުގެ ބޮޑުއީދު ތެރޭގައި ގަދައަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް )އޮފީހުން ލަފާކޮށްފި އެވެ.

މެޓުން ލަފާކުރަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކޮންމެވެސް ވަރަކަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާ ބަންދުގައި އިތުރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެއެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މިޓްރޮލޮޖިސްޓް ތަހުމީނާ އަބްދުލްކަރީމް ވިދާޅުވީ، ކުރިއަށް އޮތް އަށެއްކަ ދުވަހު، ވިލާގަނޑުގައި 40 މޭލަށް ވައިޖެހޭނެ ކަމަށާއި އެހެން ވަގުތުތަކުގައި 20 މޭލާއި ދިހަ މޭލަށް ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

ތަހުމީނާ އިތުރަށް ވިދާޅުވީ މިމަހުގެ 30ގެ ފަހުން މޫސުން ވަރަށް ބޮޑުތަނުން ރަނގަޅުވެގެން ދާނެ ކަމަަށެވެ.

މިއަހަރުގެ ބޮޑު އީދު ވަނީ މިމަހުގެ 28 ވަނަ ދުވަހަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top