ޖުލައި 15ގެ ކުރިން ޓެކްސްޓް ފޮތްތައް ލިބޭނެ: އެޑިޔުކޭޝަން

big_BqCsyUaDOE3tKZ9kyHVNTqcyE.jpg

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދް އަލީ (މ) މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނި ---ފޮޓޯ: އަވަސް

ދިރާސީ އާއަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ ޖުލައި މަހުގެ 15 އާއި ހަމައަށް ރާއްޖޭގެ ހުރިހާ ސްކޫލް ތަކަށް ފޯރުކޮށްދީ ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މިހާރު ހުރިހާ ޓެކްސްޓް ފޮތްތަކެއް ޕްރިންޓްކޮށް ނިމި މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ސްކޫލުތަކަށް އެ ފޮތްތައް ދޫކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.

“މިހާރު ޓާގެޓް ކޮށްފައި އޮތީ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކާ ހިސާބަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވައި ދިނުމަށް،” އަހުމަދު އަލީ ވިދާޅުވި އެވެ.

މިބައްދަލު ވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ޓެކްސްޓް ފޮތްތައް ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް ވެސް ހާމަކުރެއްވި އެވެ

އެގޮތުން ކީސްޓްޖޭ އެކަކާއި ދޭކަށް ދޫކުރާނީ މުޅިން އާ ޓެކްސްޓް ފޮތެވެ. ކީސްޓޭޖް އެކެއްގެ ކްރިއޭޓިވް އާޓްސް މާއްދާގެ ފޮތް ކޮންމެ ފަސް ދަރިވަރުންގެ ނިސްބަތުން ސްކޫލްތަކުގައި ބޭނުންކުރުމަށް ދޭއިރު ކީސްޓޭޖް ތިނެކާއި ހަތަރަކަށް ދޫކުރާނީ 100 ޕަސެންޓް އާ ވޯކް ފޮތްތަކެވެ. ކީސްޓޭޖް ތިނެކާއި ހަތަރަކަށް 60 ޕަސެންޓް އާ ޓެކްސްޓް ފޮތްތައް ދޭއިރު 40 ޕަސެންޓްއަކީ ކުރީގެ ފޮތްތަކެވެ. އަދި މެރިން ސައިންސް، ކޮމްޕިއުޓާ ސައިންސް އަދި ޓްރެވަލް އެންޑް ޓޫރިޒަމްގެ 100 ޕަސެންޓް އާ ޓެކްސްޓް ފޮތްތަކެވެ.

އަހުމަދު އަލީ ވިދާޅުވީ ގްރޭޑް ނުވައެއް، ދިހައެއްގެ ދަރިވަރުންނަށް ދިވެހި މާއްދާތައް ފިޔަވާ ދެން ހުރި މާއްދާތަކުގެ ޑިޖިޓަލް ޓެކްސްޓް ފޮތްތައް ދޫކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top